1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކަލާނގެއެއް ވާނަމަ ކަލާނގެ ހުރިކަން ސާބިތުކޮށް ދިނުމަށް ޓީޗަރަކު ކުދިން ގާތުގައި ބުނެފި

img_md_202111230650141637675414.8187
އިސްލާމް ދީނާއި ދެކޮޅަށް ދަރިވަރުންނާއި ވާހަކަ ދެއްކި އިންޑިއާ ޓީޗަރު
ޢަޒީޒާ އަފީފް
1,002ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ސ.އަތޮޅު މަދަރުސާގައި ކިޔަވައިދޭ އިންޑިޔާ ޓީޗަރަކު ފިލާވަޅެއް ކިޔައިދިނުމުގެ ތެރޭގައި ކަލާނގެއެއް ވާނަމަ ކަލާނގެ ހުރިކަން ސާބިތުކޮށް ދިނުމަށް ދަރިވަރުންގެ ގާތުގައި ބުނެފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ގްރޭޑް 8 ގެ ދަރިވަރުންނަށް ކިޔަވައިދޭ މިޓީޗަރު ކްލާހުގައި ކިޔަވައިދެމުން "މިތް" އަކީ ކޮން އެއްޗެއްކަން ކުދިންނަށް ތަފްސީލް ކޮށްދިނުމަށް ވަނީ މަސައްކަތް ކޮށްފައެވެ. މިތް އަކީ ހަގީގަތެއް ނެތް ވާހަކަތައް ކަމަށާއި އެގޮތުން ކަލާނގެ ގޮތުގައި ގަބޫލުކުރާ ﷲ އަކީ މިތް އެއް ކަމަށް އެ ޓީޗަރު ބުނެފައިވާ ކަމަށް ދަރިވަރަކު ކިޔައިދިނެވެ.

އިންޑިޔާ ޓީޗަރު ބުނެފައިވަނީ ﷲ އަކީ ކަލާނގެ ކަމަށް ބުނެ "ޓެރަރިސްޓުން" ގޮތަށް ކުދިން އެންމެ ތުއްތު އިރުއްސުރެ ތިބެނީ ބްރެއިން ވޮޝްކޮށްފައި ކަމަށާއި ކީރިތި ޤުރުއާނުގައި ހުންނަނީ ހަޤީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ކީރިތި ޤުރުއާނަކީ އުޑުން ވެއްޓުނު ފޮތެއް ނޫން ކަމަށާއި އެއީ އިންސާނުން ލިޔެފައިވާ ޚިޔާލީ ވާހަކަތަކެއް ކަމަށް އޭނާ ވަނީ ކުދިންނަށް ކިޔައިދީފައެވެ.

300 × 250

އެސްކޫލުގެ ދަރިވަރަކުވަނީ މިމައްސަލަ ރިޕޯޓްކޮށްފައެވެ. އެހެންކަމުން މިހާރު މިމައްސަލަ ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެވިފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ސ.އަތޮޅު މަދަރުސާގައި ކިޔަވައިދޭ އިންޑިޔާ ޓީޗަރަކު އިސްލާމްދީނާއި ޚިލާފް ވާހަތަކެއް ދަރިވަރުންނަށް ކިޔައިދީފައިވާ ކަމުގެ މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި އެމައްސަލަ އިތުރަށް ތަހުޤީގު ކުރަމުންދާ ކަމަށެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި