މާފަންނުގައި ދިރިއުޅޭ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބުރާސްފަތި ދުވަހުގެރޭ މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވަން ހަމަޖެހިއްޖެއެވެ. މި ބައްދަލުވުން އޮންނާނީ 2025 ޑިސެމްބަރު 4 ވާ ބުރާސްފަތި ދުވަހުގެރޭ 20:30 ގައި ތާޖުއްދީން ސްކޫލްގައެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި، ސަރުކާރާ ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ރައީސުލްޖުމްހޫރިއްޔާ ސީދާ އަޑުއެއްސެވުމެވެ. މިއީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ރައްޔިތުންގެ ޝުޢޫރުތަކަށް އިސްކަންދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެކެވެ. މި ބައްދަލުވުންތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވައި، އެބޭފުޅުންގެ ހުރި ކަންބޮޑުވުންތަކާއި، ހުށަހެޅުންތައް ސީދާ އަޑުއެއްސެވުމަކީ ރައީސް މުޢިއްޒުގެ ސިޔާސަތެކެވެ. ވީމާ، މި މުހިއްމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މާފަންނުގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް ދަޢުވަތު އަރުވައެވެ.