1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އަލަށް އަޅާ ކައުންސިލް އިމާރާތްތައް ނިންމައި، ޖޫން މަހުގެ ނިޔަލަށް ތަޅުދަނޑި ހަވާލު ކުރެވޭނެ

gtt
އަލަށް އަޅާ ކައުންސިލް އިމާރާތްތައް
މަރްޔަމް ޝަފާ ސައީދު
194ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު ޢާދަމް ޝަރީފް ޢުމަރު ވިދާޅުވެފައިވަނީ، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ މަސައްކަތްތައް އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށާއި، އެއަށްފަހު ކައުންސިލްތަކާ ތަޅުދަނޑި ހަވާލުކުރެވޭނެ ކަމަށެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ޢާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ކައުންސިލް އިމާރާތްތައް ތަރައްޤީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. މި 55 ކައުންސިލް އިދާރާގެ މަސައްކަތް ނިމި، ތަޅުދަނޑި ހަވާލުކުރެވުމުން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ޖުމްލަ 105 ރަށެއްގައި ކައުންސިލް އިދާރާގެ އާ ޢިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ އާރުސީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ 55 ކައުންސިލްގެ މަސައްކަތާއި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލެވެ.

300 × 250

https://twitter.com/Adamshareefz/status/1997625862456533477?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1997625862456533477%7Ctwgr%5Ee75b93e15963c1696c7617a78d5d2716d3b663bd%7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F170216

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ތަރައްޤީކުރާ 50 ކައުންސިލް އިމާރާތްތަކުގެ މަސައްކަތް އަންނަ އަހަރުގެ ކުރީ ކޮޅު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢަށް ފަންޑްކުރަނީ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީ (ސިޑްކާ) ގެ ފަރާތުންނެވެ. މި މަޝްރޫޢުގެ ދަށުން އެޅޭ ޢިމާރާތްތަކަކީ ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށްގެންދާ ޕްރީ-ފެބްރިކޭޓެޑް އިމާރާތްތަކެކެވެ.

ކައުންސިލް އިމާރާތްތައް ތަރައްޤީކުރަނީ މިހާރު ހުރި އިމާރާތްތަކަކީ ބާވެފައި ޖާގައިގެ ގޮތުންވެސް ކުޑަ އިމާރާތްތަކަކަށް ވުމުންނެވެ. ސިޓީ ތަކާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި، އައު އިމާރާތްތަކަކީ ޚިދުމަތް ދިނުމަށް ޖާގަ ތަނަވަސްކޮށްފައިވާ އިމާރާތްތަކަކަށް ވާނެއެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ އަންނަ އަހަރު ނިމޭއިރު ޖުމްލަ %75 ކައުންސިލް އިމާރާތްތަކުގެ މަސައްކަތް ނިންމައި، ޚިދުމަތްތައް އައު އިދާރާތަކަށް ބަދަލުކުރުމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި