1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބޭ ފަރާތްތަކުގެ ޕްލޮޓްތައް ތަރުތީބު ކުރެވިފައިވާ ގޮތް ހާމަ ކޮށްފި

64
ހުޅުމާލޭ ތިން ވަނަ ފިޔަވަހީގެ ހިއްކާ ސަރަހައްދު--
ޝާމިން ސަޢީދު
176ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް، ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބޭ ފަރާތްތަކުގެ ޕްލޮޓްތައް ތަރުތީބު ކުރެވިފައިވާ ގޮތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ. މިއަދު ހެނދުނު 9:00 ގައި ކަލާފާނު ސްކޫލް ހޯލުގައި ފޭސް 3 އިން ލިބޭ ބިން ކަނޑައެޅުމަށް ގުރުއަތު ނެގުން ކުރިއަށް ގެންދެވޭނެކަމަށް އެޗްޑީސީއިން ވަނީ ހާމަކޮށްފައެވެ. ހުޅުމާލެ ފިޔަވަހި ތިނެއްގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް އިއްޔެ އާ ޕްލޭން އާންމުކޮށްފައިވާއިރު، ކުރީގެ ޕްލޭނާ އެއްގޮތަށް ތިންވަނަ ފިޔަވަހި އަބާދުކުރުމަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެދާނެކަމަށްވެސް އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ކުރީގެ ޕްލޭނުގައި މިހާރު ބޭނުންކުރާ ބަނދަރުގައި މިވަގުތަށާއި މުސްތަގުބަލަށް އުޅަނދުފަހަރު ބަނދަރުކުރުމަށް އެކަށީގެންވާ ޖާގަ ނެތުމުގެ އިތުރުން، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކާއި ތިންވަނަ ފިޔަވަހި ވަކިވާގޮތަށް ޕްލޭން ކުރެވިފައިވުމުން، ފެނާއި ނަރުދަމާ އަދި ކަރަންޓު ފަދަ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ ދަތިތަކެއް ދިމާވާނެކަމަށް އެޗްޑީސީން ވިދާޅުވި އެވެ. މި ކަންބޮޑުވުންތަކާ ގުޅިގެން، އެޗްޑީސީން ވަނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތީން ހުޅުމާލެ ތިންވަނަ ފިޔަވަހި ހިމެނޭގޮތަށް މުޅި ހުޅުމާލޭގެ އާ މާސްޓާ ޕްލޭނެއް އެކުލަވާލާފައެވެ. އެ ޕްލޭނަށް ގެނެވުނު ބަދަލާ ގުޅިގެން، ބިންވެރިޔާ ސްކީމުގެ ދަށުން ކުރިން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަޙައްދަށް ބަދަލު އައިސްފައިވާތީ، އާ ލޮޓް ނަންބަރެއް ކަނޑައެޅުމަށްޓަކައި ގުރުއަތުލުން ކުރިއަށް ގެންދާން އެ ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ. މިއަދު ފެށިގެން ކުރިޔަށް ދަނީ އަލަށް ލިބޭ ބިން ކަނޑައެޅުމުގެ ގުރުއަތެވެ.

ގޯތީގެ ބޮޑުމިނާއި އަދަދު

ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްސީލު އެޗްޑީސީން ހާމަކޮށްފައިވާ ގޮތަށް ތިރީގައި މިވަނީއެވެ:

300 × 250
  • 1650 އަކަފޫޓުގެ 181 ގޯތި
  • 2050 އަކަފޫޓުގެ 242 ގޯތި
  • 2450 އަކަފޫޓުގެ 132 ގޯތި
  • 2850 އަކަފޫޓުގެ 62 ގޯތި
  • 3250 އަކަފޫޓުގެ 41 ގޯތި
  • 3650 އަކަފޫޓުގެ 16 ގޯތި
  • 4000 އަކަފޫޓުގެ 24 ގޯތި

ގުރުއަތުނެގުން ކުރިއަށްދާއިރު، ގޯތި ލިބިފައިވާ ފަރާތަށް ހަމަޖެހިގެންދާ ޕްލޮޓް ''ހިޔާވެހި ޕޯޓަލް'' އިން ވަގުތުން ފެންނާނެއެވެ. އަދި އެފަރާތަކަށް ލިބޭ ޕްލޮޓް ނަންބަރު އެސްއެމްއެސް މެދުވެރިކޮށް އެންގޭނެއެވެ. ގުރުއަތުނަގާ ނިމުމުން، ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމާއި، ގޯތީގެ ރަޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ މައުލޫމާތު ހިއްސާކުރެވޭނެކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ.


300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި