1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ 698 ގޯތީގެ ގުރުއަތުލުން ނިންމާލައިފި

60
ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ 698 ގޯތީގެ ގުރުއަތުލުން ނިންމާލައިފި
މަރްޔަމް ޝަފާ ސައީދު
176ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން ނިންމާލައިފިއެވެ. މި ގުރުއަތުލުން ކުރިއަށްގެންގޮސްފައިވަނީ ކަލާފާނު ސްކޫލުގައެވެ. މިއީ ޖުމްލަ 698 ގޯތީގެ ގުރުއަތުލުމެކެވެ.

ގޯތިތަކުގެ ގުރުއަތު އަލުން ނެގުމަށް ޖެހުނީ ހުޅުމާލޭގެ މާސްޓަރ ޕްލޭނަށް ގެނެވުނު ބަދަލާއި، ހުޅުމާލެ ފިޔަވަހި ތިނެއްގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލާ ގުޅިގެންނެވެ. މި ބަދަލުތަކުގެ ސަބަބުން ބިންވެރިޔާ ސްކީމްގެ ދަށުން ކުރިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަޙައްދަށް ބަދަލު އައިސްފައިވުމުން، އައު ލޮޓް ނަންބަރެއް ކަނޑައެޅުމަށް މި މަސައްކަތް ކުރިއަށް ގެންދިޔައީއެވެ.

ގުރުއަތު ނެގި ގޯތީގެ ތަފްޞީލު

300 × 250

ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ޖުމްލަ 698 ގޯތި ދޫކޮށްފައިވެއެވެ. މި ގުރުއަތުލުމުގައި 7 ސައިޒެއްގެ ގޯތިތައް ހިމެނުނެވެ. އެގޮތުން ދޫކުރެވުނު ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްޞީލު ތިރީގައި މިވަނީއެވެ:

  • 1650 އަކަފޫޓުގެ 181 ގޯތި
  • 2050 އަކަފޫޓުގެ 242 ގޯތި
  • 2450 އަކަފޫޓުގެ 132 ގޯތި
  • 2850 އަކަފޫޓުގެ 62 ގޯތި
  • 3250 އަކަފޫޓުގެ 41 ގޯތި
  • 3650 އަކަފޫޓުގެ 16 ގޯތި
  • 4000 އަކަފޫޓުގެ 24 ގޯތި

ގޯތި ޙަވާލުކުރުމުގެ މަސައްކަތް

ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ ގުރުއަތު ނިމުމުން، ގޯތި ޙަވާލުކުރުމުގެ އެއްބަސްވުމުގެ ސޮއިކުރުމާއި ގޯތީގެ ރަޖިސްޓަރީ ޙަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ މަޢުލޫމާތު ފަހުން އާންމުކުރާނެކަމަށެވެ. ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމުގެ އެއް ސަބަބަކީ، ކުރިން ތައްޔާރުކުރެވިފައިވާ ޕްލޭނުގައި މިވަގުތަށް ބޭނުންވާ އަދި މުސްތަޤުބަލުގައި އުޅަނދުފަހަރު ބަނދަރުކުރުމަށް އެކަށީގެންވާ ޖާގަ ނެތުމާއި، ހުޅުމާލެ ދެ ފިޔަވައި ވަކިވާގޮތަށް ޕްލޭން ކުރެވިފައިވުމުން، ފެނާއި ނަރުދަމާ އަދި ކަރަންޓު ފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ ދަތިތައް ދިމާވާނެކަމަށް ފާހަގަ ކުރެވިފައިވުމެވެ. މި ގޮންޖެހުންތަކަށް ޙައްލެއް ހޯދުމަށް ވެސް މި ބަދަލުތައް ގެނެވުނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި