1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރައީސްގެ ނިންމެވުމާ އެއްގޮތަށް، މުދާ ކްލިއަރ ކުރުން 24 ގަޑިއިރަށް ބަދަލު ކޮށްފި

dr
ކަސްޓަމްސް ސާވިސް[
މުހައްމަދު އަޚްތަރު
168ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ގޮތުގެ މަތިން، މުދަލާ ގުޅޭގޮތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ދޭ ޚިދުމަތްތައް 24 ގަޑިއިރަށް ބަދަލުކޮށްފިއެވެ. ކަސްޓަމްސްއިން މިއަދު މިކަން ރަސްމީކޮށް ވަނީ އިޢުލާނުކޮށްފައެވެ.

ކަސްޓަމްސްއިން މަޢުލޫމާތު ދިން ގޮތުގައި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ވައިގެމަގުން އަންނަ މުދަލާ ގުޅޭގޮތުން ކަސްޓަމްސްއިން ދޭންޖެހޭ ޚިދުމަތްތައް މިހާރު ވަނީ 24 ގަޑިއިރަށް ބަދަލުކޮށްފައެވެ. މިއީ ވިޔަފާރިވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ސަރުކާރުން އެޅި މުހިންމު ފިޔަވަޅެކެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން މި ބަދަލު ގެންނަވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނު ކުރެއްވީ މި މަހުގެ 18 ވަނަ ދުވަހު ވިޔަފާރިވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. އެ ބައްދަލުވުމުގައި ރައީސް ވަނީ މުދާ ކްލިއަރ ކުރުމުގައި ހުރި ދަތިތަކަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

300 × 250

ޚިދުމަތުގެ ވަގުތު އިތުރުކުރުމުގެ އިތުރުން، މުދާ ކްލިއަރ ކުރަން ފްރީކޮށް ހަމަޖެހިފައި އޮންނަ ވަގުތު ނުވަތަ ޑެމެރެޖް ނާރާ ވަގުތު އިތުރުކުރެއްވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ. މީގެ ކުރިން ކްލިއަރެންސް މަސައްކަތަށް އޮންނަނީ 18 ގަޑިއިރާއި 30 މިނެޓެވެ.

މި ބަދަލާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، "މި 80 ގަޑިއިރު 124 ގަޑިއިރަށް އިރާދަކުރެއްވިއްޔާ، ޑެމެރެޖް ނާރާ ގޮތަށް އިތުރުކޮށްދޭނެ. އަދި ކަސްޓަމާއި އެމްއޭސީއެލް ގުޅިގެން ކްލިއަރެންސް މަސައްކަތަށް މި އޮންނަނީ 18 ގަޑިއިރާއި 30 މިނެޓް. އެގޮތަށް އޮތުމުގެ ބަދަލުގައި 24 ގަޑިއިރަށް ބަދަލުކޮށްދޭނަން އިރާދަކުރެއްވިއްޔާ" ކަމަށެވެ.

މި ނިންމުމުގެ ސަބަބުން ވައިގެ މަގުން މުދާ އެތެރެކުރާ ފަރާތްތަކަށް މުދާ ކްލިއަރ ކުރުމުގައި ބޮޑެތި ލުއިތަކެއް ލިބި، ވިޔަފާރީގެ މުޢާމަލާތްތައް އަވަސްވެގެންދާނެ ކަމަށް ބެލެވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި