1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

4 އަހަރުގެ މެދުކެނޑުމަކަށްފަހު، އަނެއްކާވެސް ދަރިވަރުން ޑިސެމްބަރު މަހުގައި ބޮޑު ޗުއްޓީ އަށް

aaa
އަނެއްކާވެސް، ޑިސެމްބަރު މަހުގައި ދަރިވަރުންގެ ބޮޑު ޗުއްޓީ ފެށިއްޖެ----ފޮޓޯ:އެޑިއުކޭޝަން
މަރްޔަމް ޝަފާ ސައީދު
221ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

4 އަހަރުގެ މެދުކެނޑުމަކަށްފަހު އަނެއްކާވެސް، ޑިސެމްބަރު މަހުގައި ދަރިވަރުންގެ ބޮޑު ޗުއްޓީ ފެށިއްޖެއެވެ.

މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިންމާލުމަށްފަހު، ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންގެ ބޮޑު ޗުއްޓީ މިއަދު ފަށާފައިވަނީ 4 އަހަރުގެ މެދުކެނޑުމަކަށްފަހު ޑިސެމްބަރު މަހުގައެވެ. މިއަދު ވަނީ މާލެއާއި އަތޮޅުތަކުގެ ހުރިހާ ސްކޫލެއްގައިވެސް މި ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ރިޕޯޓް ފޮތް ދިނުން ކުރިއަށް ގެންގޮސްފައެވެ. ބައެއް ސްކޫލްތަކުގައި ރިޕޯޓް ފޯމް ދިނުމުގެ ކަންކަން ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައިވެއެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު ކިޔެވުން ފެށި މި ދިރާސީ އަހަރުގައި، ސަރުކާރުގެ 217 ސްކޫލެއްގައި 84,000 އެއްހާ ދަރިވަރުން ތައުލީމު ހާސިލުކޮށްފައިވެއެވެ. މިއީ ފާއިތުވި 4 އަހަރުގެ ތެރޭގައި ދަރިވަރުންނަށް ޑިސެމްބަރު މަހު ބޮޑު ޗުއްޓީ ލިބޭ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރޭގައި ފަށާތީ، ބޮޑު ޗުއްޓީ ދިމާވަނީ ޖޫން އަދި ޖުލައި މަހުގެ ވިއްސާރަ ދުވަސްވަރާއެވެ.

300 × 250

ދިރާސީ އަހަރުގެ ކަލަންޑަރަށް މި ބަދަލު ގެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ގިނަ އަދަދެއްގެ ބެލެނިވެރިންގެ އެދުމުގެ މަތިން ގެނައި މި ބަދަލާއެކު، ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީ މަހު ފަށާ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ. މި ޗުއްޓީގެ މުއްދަތުގައި ދަރިވަރުން ކުޅިވަރާއި މަޖަލުގައި އުޅުމުގެ އިތުރުން، ކުރިއަށް އޮތް އަހަރުގެ ފިލާވަޅުތަކަށް ތައްޔާރުވުމަށާއި އިލްމީ އަދި އަޚްލާޤީ ގޮތުން ރަނގަޅު ކުދިންތަކަކަށް ވުމަށް މަސައްކަތް ކުރުމަކީ މުހިއްމު ކަމެކެވެ.

އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. ފުރަތަމަ ޓާމުގެ މިޑް ބްރޭކް މެއި 24 އިން 30 އަށް ލިބޭއިރު، ފުރަތަމަ ޓާމުގެ ޗުއްޓީ ލިބޭނީ ޖުލައި 17 އިން އޯގަސްޓް 1 ގެ ނިޔަލަށެވެ. ދެވަނަ ޓާމުގެ ކިޔެވުން އޯގަސްޓް 2 ގައި ފަށާއިރު، އަންނަ އަހަރުގެ ބޮޑު ޗުއްޓީ ފެށޭނީ ޑިސެމްބަރު 18 ގައެވެ.

މީގެއިތުރުން، އާ ކަލަންޑަރުގައި ދަރިވަރުން ސްކޫލަށް ވެއްދުމާއި ބަދަލުކުރުމުގެ ތާރީޚުތައްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވުމުގެ ފުރުސަތު މެއި 17 އިން ޖޫން 15 އަށް އަދި އޮކްޓޫބަރު 18 އިން ނޮވެމްބަރު 17 އަށް ހުޅުވާލެވޭނެއެވެ. އަދި އަންނަ އަހަރު އަލަށް ސްކޫލަށް ކުދިން ވެއްދުމުގެ މުއްދަތަކީ ޖުލައި 12 އިން އޯގަސްޓް 31 އެވެ

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި