ކާވާ ކަޕް 2025 ގެ ޗެމްޕިއަންކަން ދިވެހިރާއްޖެއަށް ލިބުމަކީ އެންމެ ބޮޑު އުންމީދު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ޤައުމީ އަންހެން ވޮލީ ބޯޅަ ޓީމު މުބާރާތުގެ ފައިނަލަށް ދިއުމާ ގުޅިގެން މަރުހަބާ ދެންނެވުމަށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ އަންހެން ވޮލީބޯޅަ ޓީމުން ކާވާ ކަޕްގައި މޮޅު ކުޅުމެއް ދައްކައި، މުބާރާތުގެ ފައިނަލަށް ދަތުރު ކުރުމަކީ ލިބިގެން ދިޔަ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. އަދި މިރޭ އޮންނަ ފައިނަލް މެޗު ކާމިޔާބުކޮށް މުބާރާތުގެ ތަށި ރާއްޖެއަށް ލިބުމަކީ އުންމީދުކަން ފާހަގަކުރައްވައި، ދިވެހި އެންމެހާ ރައްޔިތުން ތިބީ ޤައުމީ ޓީމާއެކު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. https://twitter.com/MMuizzu/status/2004141653595173280?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2004141653595173280%7Ctwgr%5E26f1a5b57a6667a5700ee53023c81a36d5c30a68%7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F171378 މި މުބާރާތުގެ ފައިނަލްގައި ރާއްޖެ މިފަހަރުވެސް ބައްދަލުކުރަން ޖެހޭނީ އެންމެ ފަހުގެ ފައިނަލްގައިވެސް ވާދަކުރި ކިރްގިސްތާނާއެވެ. މިއީ މި ދެ ޤައުމު ކާވާ ކަޕްގެ ފައިނަލްގައި ޖެހިޖެހިގެން ވާދަކުރާ ދެވަނަ ފަހަރެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައެވެ. 
އުންމީިދަކީ ކާވާ ކަޕް 2025ގެ ޗެމްޕިއަންކަން ދިވެހިރާއްޖެއަށް ލިބުން: ރައީސް

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.