1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ މުއިއްޒުގެ ތައުޒިޔާ

AKA
ޚާލިދާ ޒިޔާ
ޝަފްޢަތު ، ހުވަދޫ މީޑީއާ
235ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ބޭގަމް ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ތައުޒިޔާގެ މެސެޖެއްގައި ވިދާޅުވީ، ޚާލިދާ ޒިޔާ އަވަހާރަވުމުގެ ހިތާމައިގައި ބަންގްލަދޭޝްގެ ސަރުކާރާއި ރައްޔިތުންނާ ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި މި ހިތާމަވެރި ވަގުތުގައި އެކަމަނާގެ އާއިލާއަށް މާތްﷲ ކެތްތެރިކަން ދެއްވުމަށް އެދި ރައީސް ވަނީ ދުޢާ ކުރައްވާފައެވެ.

ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު ޚާލިދާ ޒިޔާ އަވަހާރަވީ، ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ އެވަރކެއާ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 80 އަހަރެވެ. އެކަމަނާގެ ޕާޓީ ކަމަށްވާ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން މަޢުލޫމާތު ދޭ ގޮތުގައި، އެކަމަނާ އެންމެ ފަހުން ފަރުވާ ހޯއްދަވަމުން ގެންދެވީ ފުއްޕާމޭގެ އިންފެކްޝަނަކަށެވެ.

300 × 250

1945 ވަނަ އަހަރު އުފަންވެވަޑައިގަތް ޚާލިދާ ޒިޔާ އަކީ ބަންގްލަދޭޝްގެ ތާރީޚުގައި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން 1991 ވަނަ އަހަރު ބޭއްވި ފުރަތަމަ މިނިވަން އިންތިޚާބު ކާމިޔާބު ކުރެއްވި ބޭފުޅާއެވެ. މި ކާމިޔާބީއާއެކު އެކަމަނާ ވެވަޑައިގަތީ އެ ޤައުމުގެ ފުރަތަމަ އަންހެން ބޮޑުވަޒީރަށެވެ. އެކަމަނާގެ ވެރިކަމުގައި ބަންގްލަދޭޝްގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރެއްވިއެވެ.

ޚާލިދާ ޒިޔާގެ ސިޔާސީ ޙަޔާތްޕުޅުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އެގޮތުން، ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ސަރުކާރުގައި ކޮރަޕްޝަނުގެ ތުހުމަތުތަކެއްކޮށް 2018 ވަނަ އަހަރު އެކަމަނާ ޖަލަށްލިއެވެ. ނަމަވެސް، ދާދިފަހުން ހަސީނާގެ ވެރިކަން ވެއްޓުމާ ގުޅިގެން މިދިޔަ އަހަރު އެކަމަނާ ވަނީ ޖަލުން މިނިވަންކޮށްފައެވެ.

އަވަހާރަވުމުގެ ކުރިން އެކަމަނާ ގެންދެވީ ފުއްޕާމޭގެ ބަލީގެ އިތުރުން ފުރަމެއާއި ހިތުގެ އާލާސްކަންފުޅުތަކަށާއި ހަކުރު ބައްޔަށް ވެސް ފަރުވާ ހޯއްދަވަމުންނެވެ. ޚާލިދާ ޒިޔާ އަވަހާރަވުމަކީ ބަންގްލަދޭޝްގެ ސިޔާސީ މަސްރަޙަށް ލިބުނު ބޮޑު ފަޅުކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި