1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

'ވަން ޗައިނާ ޕޮލިސީ' ރާއްޖެއިން އަބަދުވެސް ދަމަހައްޓާނެ

one
'ވަން ޗައިނާ ޕޮލިސީ' ރާއްޖެއިން އަބަދުވެސް ދަމަހައްޓާނެ
މަރްޔަމް ޝަފާ ސައީދު
123ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހިރާއްޖެއިން އަބަދުވެސް "ވަން ޗައިނާ ޕޮލިސީ" ނުވަތަ އެއް ޗައިނާ ސިޔާސަތުގައި ދެމި އޮންނާނެކަމަށް ދިވެހި ސަރުކާރުން މިއަދު ހާމަކޮށްފި އެވެ.

ޓައިވާނަކީ ޗައިނާގެ ސިޔާދަތީ ބާރު ހިންގާ އެ ޤައުމުގެ ބައެއް ކަމަށް ދިވެހި ސަރުކާރުން ޤަބޫލު ކުރާ ކަމަށް ވެސް ހާމަކޮށްފައިވެއެވެ.

ސަރުކާރުން މިހެން ބުނެފައި ވަނީ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައެވެ. މި ބަޔާނުގައި ބުނީ، ދިވެހިރާއްޖެއިން މިހާރުވެސް ޤާއިމްވެ އޮތީ، ޒަމާނުއްސުރެ ދިވެހި ސަރުކާރުން ގެންގުޅެމުން އައިސްފައިވާ "ވަން ޗައިނާ ޕޮލިސީ" ގައި ކަމަށެވެ. އަދި ޓައިވާނަކީ ޗައިނާގެ ސިޔާދަތީ ބާރު ހިންގާ އެ ޤައުމުގެ ބައެއް ކަމަށް ދިވެހިރާއްޖެއިން ޤަބޫލުކުރާކަމަށްވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

300 × 250

ޚާރިޖީ ވުޒާރާއިން ބުނި ގޮތުގައި، ދިވެހިރާއްޖެއިން ގެންގުޅޭ މި ސިޔާސަތަކީ 1972 ވަނަ އަހަރު ޗައިނާއާ ގުޅުން ޤާއިމްކުރުމާ ހިސާބުން ފެށިގެންވެސް ބަދަލެއްނުވެ ދެމެހެއްޓެނިވި ގޮތެއްގައި ދަމަހައްޓަމުން އަންނަ ސިޔާސަތެކެވެ. މިއީ ދެ ފަރާތުން އެއްބައެއް އަނެއްބައެއްގެ މިނިވަންކަމަށް އިޙްތިރާމްކުރުމުގެ އުސޫލު ދައްކުވައިދޭ ކަމެއް ކަމަށް ޚާރިޖީ ވުޒާރާއިން ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން، ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމުގެ މުހިންމުކަމާއި، ޤައުމުތައް ސުލްޙަވެރިކަމާއެކު އެއްތަނެއްގައި އުޅުމުގެ މުހިންމުކަން ދިވެހިރާއްޖެއިން ޤަބޫލުކުރާކަމަށްވެސް ބަޔާނުގައިވެއެވެ.

ބަޔާނުގައި އިތުރަށް ފާހަގަކޮށްފައި ވަނީ، ބައެއް ޤައުމުތަކުން ޗައިނާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަށް މަސައްކަތް ކުރާކަން ރާއްޖެއިން ފާހަގަކުރައްވާ، އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރާ ކަމެވެ.

ދިވެހިރާއްޖެއާއި ޗައިނާއަކީ ޒަމާންވީ ބަދަހި ގުޅުމެއް އޮތް ދެ ޤައުމުކަން ފާހަގަކުރައްވާ ޚާރިޖީ ވުޒާރާއިން ވަނީ މިއީ ދެ ޤައުމަށްވެސް ފައިދާކުރަނިވި ގުޅުމެއް ކަމަށް  ބުނެފައެވެ. އަދި މިއީ ދެމެހެއްޓެނިވި ތަރައްޤީއާއި ސުލްޙަމަސަލްކަމަށް މަގުފަހިކުރާ ގުޅުމެއް ކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ބަޔާން ކޮށްފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި