ރ ކިނޮޅަސް ކައިރީ، އޮޔާދަނިކޮށް ކަނޑުމަތިން ފެނުނު ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފައި ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ ހަށިގަނޑު އޮތް ހާލަތުގެ ސަބަބުން އެއީ ކޮން ޖިންސެއްގެ މީހެއްކަން މިހާތަނަށް ދެނެގަނެވިފައި ނުވާކަމަށެވެ.

އެހެންނަމަވެސް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ބަލައި ތަހުގީގު ކުރަމުންނެވެ. މިގޮތުން ތަހުގީގަށް ބޭނުންވާ ފޮރެންސިކް ސާމްޕަލް ނެގުމުގެ މަސައްކަތާއި، ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އެންމެހާ އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

އެއީ ކާކުކަން ނުވަތަ އެ މީހާ މަރުވާން ދިމާވި ސަބަބެއް އަދި މިހާތަނަށް ސާފުވެފައި ނުވާއިރު، ފުލުހުން ވިދާޅުވީ މިކަމާ ގުޅޭ އިތުރު މައުލޫމާތު ލިބެމުންދާ ވަރަކުން މީޑިއާތަކާ ހިއްސާ ކުރަމުންދާނެ ކަމަށެވެ.

ރ. ކިނޮޅަސް ކައިރިން ކަނޑުމަތީގައި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާދާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލބުނީ16:24 އެހާކަންހާއިރުއެވެ.