1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މުޅިން އަލަށް 9 ރަށެއްގައި ޑަޔަލިސިސްގެ ހިދުމަތް ފަށައިފި

mtf
ޅަވިޔަނި އަތޮޅުހޮސްޕިޓަލުގައި ޑަޔަލިސިސްގެ ހިދުމަތް ފެށުމުގެ ތެރެއިން---
މަރްޔަމް ޝަފާ ސައީދު
244ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގެ މުޅިން އަލަށް 9 ރަށެއްގައި ޑަޔަލިސިސްގެ ހިދުމަތް ފެށިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ، އަލަށް ހިދުމަތް ފެށި ރަށްތަކުގެ އިތުރުން، ކުރިންވެސް ޑަޔަލިސިސްގެ ހިދުމަތް ދެމުންދިޔަ ރަށްތަކުގައި އެނދުގެ އަދަދު އިތުރުކޮށް، ހިދުމަތް ފުޅާކޮށްފައިވާ ކަމަށެވެ. މިއީ ކިޑްނީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ޑަޔަލިސިސް އަކީ ގަވައިދުން ވީކްލީކޮށް ވަކި އަދަަދަކަށް ހައްދަވަން ޖެހޭ އެއްޗަކަށް ވުމުން ރަށުގައި ތިބެގެން މި ހިދުމަތް ލިބޭނެ ގޮތް ވުމަކީ ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހައެއް ލިބިގެންދާނެ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ކަނޑުގަދަ ދުވަސްވަރު އެއް ރަށުން އަނެއް ރަށަށް ނުވަތަ މާލެއަށް ދަތުރުކުރުމަކީ ބަލިމީހުންނަށް އުފުލަންޖެހޭ ބޮޑު ތަކްލީފަކަށް ވާތީ، ސަރުކާރުގެ އަމާޒަކީ މި ހިދުމަތް ވީހާވެސް ގާތުން ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

300 × 250

އިތުރު 8 ރަށެއްގައި ހިދުމަތް ފެށުމަށް ތައްޔާރުވަނީ

މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، މިހާރު ޑަޔަލިސިސް މެޝިންތައް ސީދާ އޮޕަރޭޓް ކުރަން ނުފެށި ވަނީ އެންމެ ތިން އަތޮޅެއްގައެވެ. އެއީ ދ. އަތޮޅާއި، ފ. އަތޮޅު އަދި ވ. އަތޮޅެވެ. ނަމަވެސް ހުރިހާ އަތޮޅަކަށް މި ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ހިދުމަތް ދޭން ފެށި 9 ރަށުގެ އިތުރުން، ކުރިއަށް އޮތް ތަނުގައި އިތުރު 8 ރަށެއްގައި ޑަޔަލިސިސްގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށްވެސް މިނިސްޓަރު ހާމަކުރެއްވިއެވެ. މިއީ ކުރިން ކަނޑައަޅާފައިވާ ސިޔާސަތަށްވުރެ މާ ފުޅާ ދާއިރާއެއްގައި ކުރިއަށްދާ މަސައްކަތެއް ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި