ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ޑްރެޖަރު ބޭނުންކޮށްގެން ހއ. ދިއްދޫގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު މިއަދު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ. މި މަޝްރޫޢަކީ ދިއްދޫގައި އެއާޕޯޓާއި، ބޯހިޔާވަހިކަން އަދި އިގްތިސާދީ އެހެނިހެން ޚިދުމަތްތައް ގާއިމުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ. ދިއްދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު ފައްޓަވައިދެއްވީ މިނިސްޓަރ މޫސާ ޒަމީރެވެ. މި ރަސްމިއްޔާތުގައި ދިއްދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްލަތީފް މުހައްމަދާއި، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދާއި، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޖްތަބާ ލަތީފްގެ އިތުރުން ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެންބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ، ބިންހިއްކުމުގެ މަސައްކަތް ފެށުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ގުޅުއްވައި، އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް ދިއްދޫގެ ބިންހިއްކުމާއި އެއާޕޯޓް އެޅުމުގެ މަސައްކަތް ކުރިއަށްދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވުމަށް އެދިވަޑައިގެންނެވި ކަމަށެވެ. ރައީސްގެ ޒައާމަތުގައި ދިއްދުއަށް ވެވަޑައިގެންނެވި ވައުދުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދަވާތީ މެންބަރު ވަނީ ރައީސަށް ޝުކުރު އަދާކުރައްވާފައެވެ. 
ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ޑްރެޖަރުން، ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢު ފަށައިފި

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.