1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކުދި ޤައުމުތަކުގެ ސިޔާދަތު ރައްކާތެރި ކުރުމަށް ޚާރިޖީ ވަޒީރު ގޮވާލައްވައިފި

9ml
ސޯމާލީލޭންޑް ވަކި ދައުލަތެއްގެ ގޮތުގައި އިސްރާއީލުން ބަލައިގަތުމާ ގުޅިގެން ބޭއްވި އޯ.އައި.ސީ. ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި
މަރްޔަމް ޝަފާ ސައީދު
126ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކުދި ޤައުމުތަކުގެ ސިޔާދަތު ބައިނަލްއަޤްވާމީ ނިޒާމުގެ ތެރެއިން ރައްކާތެރިކުރުމަކީ މުހިންމު ކަމެއް ކަމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް ގޮވާލައްވައިފިއެވެ.

ވަޒީރު މިހެން ގޮވާލެއްވީ، ސޯމާލީލޭންޑަކީ ވަކި ދައުލަތެއްގެ ގޮތުގައި އިސްރާއީލުން ބަލައިގަތުމަށް ނިންމި ނިންމުމާ ގުޅިގެން މަޝްވަރާކުރުމަށް ސައުދީ އަރަބިއްޔާގެ ޖިއްދާގައި މިއަދު ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ ޚާރިޖީ ވަޒީރުންގެ 22 ވަނަ އެކްސްޓްރާއޯޑިނަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ތަޤްރީރު ކުރައްވަމުން ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވިދާޅުވީ، އިސްރާއީލުގެ މި ނިންމުމަކީ ސޯމާލިއާގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަންލިބޭ، ބައިނަލްއަޤްވާމީ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށެވެ. އަދި އިސްރާއީލުގެ މިފަދަ ނިންމުންތަކާމެދު ދިވެހި ސަރުކާރުން ނުހަނު ކަންބޮޑުވާކަން ފާހަގަކުރައްވައި، މިއީ އދ. ގެ ޗާޓަރާވެސް ސީދާ ފުށުއަރާ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

300 × 250

މީގެއިތުރުން، މެދުއިރުމަތީގެ މަސްރަޙަށް އަލިއަޅުއްވާލައްވަމުން ޚާރިޖީ ވަޒީރު ވިދާޅުވީ، ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި އަމަލުތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އެ ޤައުމުން އިޙްތިރާމް ނުކުރާކަމީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ޚާއްސަކޮށް ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ބާރުއަޅަމުންދާ ވަގުތެއްގައި، އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފުވަމުންދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވިއެވެ.

ބައިނަލްއަޤްވާމީ ޤާނޫނީ ނިޒާމު ބަލިކަށިވުމަކީ، ދިވެހިރާއްޖެ ފަދަ ބައިނަލްއަޤްވާމީ އުސޫލުތަކަށް ބަރޯސާވާ ކުދި ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައިވެސް ޑރ. ޚަލީލް ފާހަގަކުރެއްވިއެވެ.

އޯ.އައި.ސީ އަކީ 57 ގައުމުގެ މައްޗަށް އެކުލެވިގެންވާ، މުސްލިމް އުއްމަތަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި ފަލަސްތީނުގެ ހައްޤުގައި ވަކާލާތުކުރާ އެންމެ ބޮޑު ބައިނަލްއަޤްވާމީ ޖަމުޢިއްޔާއެވެ. ދިވެހިރާއްޖެއިން 1976 ވަނަ އަހަރުން ފެށިގެން މި ޖަމުޢިއްޔާގައި ދަނީ އިސް ދައުރެއް އަދާކުރަމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި