1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ކުޅިވަރު

ބީފާން ވޮލީ މުބާރާތް 2026: ފަހަތުން އަރައި ރަތަފަންދޫ ބަލިކޮށް ފިޔޯރީން ފެންވަރު ދައްކާލައިފި!

DSC_6888
ފިޔޯރީ ޓީމުގެ ފޮރިން ޕްލޭޔަރ މްރޫނަލް----ފޮޓޯ: ރާޅުއާޓްސް އެންޑް ޑިސައިން
ރިފާޢު ރަޝީދު
662ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގދ ފިޔޯރީން ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “ ބީފާން ވޮލީ މުބާރާތް 2025 ގެ ފުރަތަމަ މެޗުގައި އަންހެން ޑިވިޝަންގެ ފިޔޯރީ އަދި ރަތަފަންދޫ ވާފަކުރި މެޗު ފިޔޯރީން ކާމިޔާބުކޮށްފިއެވެ.

މިމެޗު އެޓީމުން ކާމިޔާބު ކުރީ 3-1 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި ފިޔޯރީން ހަމަޔަކަށް ނޭޅެނީސް ރަތަފަންދޫގެ ބިދޭސީ ކުޅުންތެރިޔާގެ ހަމަލާތަކާއިއެކު ސެޓުވަނީ 25،21 އިން ގެންގޮސްފައެވެ.

300 × 250

އެހެންނަމަވެސް ދެވަނަ ސެޓުން ފެށިގެން ފިޔޯރީން މެޗުތެރެއަށް ވަދެ ދިޔައީ ރަނގަޅު ނިންމުންތަކެއް ނިންމައި މޮޅަށް ކުޅެމުންނެވެ. ވަކިން ހާއްސަކޮށް ގައުމީ ކެޕްޓަން ހައްވަ އަދި މާޖިދާގެ ކުޅުން ފާހަގަކުރެވުނެވެ. މެޗުގެ ދެވަނަ ސެޓު ތަފާތު ބޮޑުކޮށް 25،13 އިން ކާމިޔާބު ކުރިއިރު ތިންވަނަ ސެޓު ފިޔޯރީން ކާމިޔާބު ކުރީ 25،21 އިންނެވެ.

މެޗުގެ ހަތަރު ވަނަސެޓު ރަތަފަންދޫގެ ކުޅުން ރަނގަޅުވި ނަމަވެސް ސެޓު ނެގޭ ގޮތެއް ނުވެއެވެ. މިސެޓު 25،20 ކާމިޔާބުކޮށް 3-1 ސެޓުން ފިޔޯރީން ވަނީ މެޗު ކާމިޔާބުކޮށްފައެވެ.

މި މެޗު ކޯޗު ޝަރަފަށް ހާއްސަ ވެގެން ދިޔައިރު މިއީ ކޯޗުކަމުގައި 25 އަހަރަށް ފަހު އަންހެން ޓީމަކަށް ކޯޗުކޮށްދޭ ފަހަރެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި