ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓުތައް ތަޙްޤީޤު ކުރުމުގެ މަސައްކަތްތައް އެކްސިޑެންޓް އިންވެސްޓިގޭޝަން ކޯޑިނޭޝަން ކޮމިޓީގެ ދަށުން ނަގާ، މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ދަށަށް ރަސްމީކޮށް ބަދަލުކޮށްފިއެވެ. މި ބަދަލާ ގުޅޭގޮތުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ވިދާޅުވީ، ދަތުރުފަތުރުގެ ރައްކާތެރިކަމުގެ މިންގަނޑުތައް ކަށަވަރު ކުރުމާއި، އެފަދަ ޙާދިސާތައް ބަލާ ތަޙުޤީޤު ކުރުމުގެ މަސައްކަތް މިހާރު ވަނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްހަމަ ކުރެވިފައި ކަމަށެވެ. މިއީ ރާއްޖޭގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތަށާއި މުޅި ނިޒާމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ. "މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު" އަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، 9 އޭޕްރިލް 2025 ގައި އުފެއްދެވި އިދާރާއެކެވެ. މި އިދާރާއަކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ. މި ބޯޑުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ކަނޑާއި ވައިގެ ދަތުރުފަތުރުގެ އެކްސިޑެންޓުތައް ތަޙުޤީޤު ކުރުމާއި، އެފަދަ ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބުތައް ދެނެގަތުން ހިމެނެއެވެ. މީގެ އިތުރުން ރައްކާތެރިކަމުގެ މިންގަނޑުތަކާއި ޤަވާއިދުތައް ހަރުދަނާ ކުރުމާއި، ދާއިރާއިން ދިރާސާތައް ކުރުމުގެ އިތުރުން ކަމާބެހޭ ފަރާތްތަކަށް ފަންނީ އެހީތެރިކަމާއި ލަފާދިނުންވެސް މި ބޯޑުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ. ވަޒީރު އަމީން ވަނީ ދާދި ފަހުން ބޯޑުގެ މެންބަރުންނާއި އިސްފަރާތްތަކާ ބައްދަލުކުރައްވައި، ބޯޑުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި މި ދާއިރާ އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.
ވަޔާއި ކަނޑު ދަތުރުފަތުރުގެ ހާދިސާތައް ތަހުގީގު ކުރުން މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ދަށަށް

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.