1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އިންސާނީ ވަގުފާރިއާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް

vag
އިންސާނީ ވަގުފާރިއާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް
ޝަފްޢަތު ، ހުވަދޫ މީޑީއާ
179ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިންސާނީ ވަގުފާރިއާއި ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، މިކަމުގައި ޝާމިލްވާ އެންމެހާ މުއައްސަސާތައް ބާރުވެރިކުރުވުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.

މިއީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުން ހިންގާ، މީހުން ވިލަރެސްކުރާ ކޮމިޓީއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ، އިންސާނީ ވަގުފާރި ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކޮށް މިކަމުގައި ޝާމިލްވާ އެންމެހާ މުއައްސަސާތައް ހޭލުންތެރިކޮށް، މިކަމާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމެވެ.

300 × 250

މި ބައްދަލުވުމަކީ ސަރުކާރުގެ އިދާރާތަކާއި އެކީގައި މަސައްކަތްކުރާ ސިވިލް ސޮސައިޓީ އަދި އެންޖީއޯތަކާއެކު މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރިއަށްގެންދިޔަ ބައްދަލުވުކެވެ.

މި ބައްދަލުވުމުގައި އެކްސްޕްލޮއިޓޭޝަން ނުވަތަ ނާޖާއިޒު ފައިދާ ނެގުމުގެ އަމަލުތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

އިންސާނީ ވަގުފާރި ހުއްޓުވުމަށް މިހާރު ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށް ސަރުކާރުން ދެކެއެވެ. އެގޮތުން މި ކުށް ހުއްޓުވުމަށް މައިގަނޑު 4 ސިޔާސަތެއް ސަރުކާރުން ގެންގުޅުއްވައެވެ. އެއީ މި ކުށް ހުއްޓުވުމުގައި މަސައްކަތްކުރާ ޤާބިލް މީހުން ބިނާކުރުމާއި، ކުށާ ގުޅޭގޮތުން މުޖުތަޢު ހޭލުންތެރިކުރުވުމާއި، ކުށުގެ ޝިކާރައަކަށްވާ މީހުންނަށް ރައްކާތެރި މާޙައުލެއް ޤާއިމްކޮށްދިނުމުގެ އިތުރުން ކުށް ރިޕޯޓުކުރެވޭނެ ފޯން ލައިނެއް ޤާއިމްކުރުމެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި