ޚަބަރު
ތިލަމާލެ ބުރިޖުގެ މަސައްކަތް ނިމޭނީ 2027 ގައި: ވަޒީރު މުއްތަލިބު

މާލެއާއި ވިލިމާލެއާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވައިލުމަށް ތަރައްގީކުރަމުންދާ “ތިލަމާލެ ބުރިޖު”ގެ މަސައްކަތް ހިނގަމުންދަނީ އުންމީދުކުރި ދުވެއްޔަށްވުރެ ލަސްކޮށްކަމަށާއި، މިހާރު މަސައްކަތް ކުރިއަށްދާ ގޮތުން މުޅި މަޝްރޫއު ނިމޭނީ 2027 ވަނަ އަހަރު ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ ޕްރޮގުރާމެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވިދާޅުވީ، އިންޑިޔާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ މި މަޝްރޫއުގެ މަސައްކަތް ލަސްވުމުގައި އެކި ސަބަބުތައް މެދުވެރިވެފައިވާ ކަމަށެވެ. އެގޮތުން ކޮންޓްރެކްޓަރަށް ކުރިމަތިވި ދަތިތަކުގެ ތެރެއިން އެއްކަމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ، އިތުރު ފައިސާ ދިނުމަކާ ނުލައި ކުރީ ސަރުކާރުން ކޮންޓްރެކްޓަށް 30 މަހުގެ މުއްދަތެއް އިތުރުކޮށްދީފައި އޮތުމެވެ.

މި މުއްދަތު އިތުރުކުރުމުގެ ސަބަބުން ކޮންޓްރެކްޓަރު އަތުން އިތުރު 100 މިލިއަން ޑޮލަރަށްވުރެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށް މުއްތަލިބު ވިދާޅުވިއެވެ. ނަމަވެސް، މުއްދަތު އިތުރުކުރަންޖެހުނީ ދައުލަތުން ޒިންމާވާންޖެހޭ ސަބަބެއް މެދުވެރިގެން ނޫން ކަމަށާއި، ކޮންޓްރެކްޓަރުގެ ޕާފޯމެންސް ދަށްވުމުގެ ސަބަބުން މެދުވެރިވާ ލަސްވުމަށް ސަރުކާރުން ޒިންމާ ނަގަންނުޖެހޭނެ ކަމަށް ވަޒީރު ތަކުރާރުކުރެއްވިއެވެ.

މަސައްކަތުގެ މިހާރުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ވިލިމާލެއާއި މާލެއާ ގުޅައިލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، އެ ސަރަހައްދުގެ ސެގްމެންޓުތައް ގުޅައިލަމުންދާ ކަމަށެވެ. “މިހާރު އޮތް ގޮތުން ވިއްޔާ މި އަހަރު ނިމޭއިރަށް ގާތްގަނޑަކަށް ވިލިމާލެއާ ހަމައަށް ގުޅާލެވޭނެ ކަމަށް ބަލަނީ. ނަމަވެސް އަޅުގަނޑުމެން ބޭނުންވަނީ މިހާރު ގުޅިފަޅު ވެސް އާބާދުވަމުން އަންނާތިއްޔާ އެއްކޮށް އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރާ އެކީ މަސައްކަތްކޮށްގެން ވީހާ ވެސް އަވަހަކަށް ކުރަން،” ވަޒީރު ވިދާޅުވިއެވެ.

ބުރިޖުގެ މަސައްކަތް އިތުރަށް ހަލުއިކުރުމަށް އިންޑިޔާ ސަރުކާރާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވަމުން މުއްތަލިބު ވިދާޅުވީ، ކުރިން އަންދާޒާކުރި ގޮތަށް މި އަހަރުގެ ނިޔަލަށް ބުރިޖުގެ މަސައްކަތް ނުނިމޭނެ ކަމަށެވެ. މިހާރު މަސައްކަތް ދާ ދުވެއްޔަށް ބަލާއިރު މުޅި ބުރިޖުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ބެލެވެނީ 2027 ވަނަ އަހަރުގައެވެ.

ޖުމްލަ 500 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ އިންޑިޔާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި، އެގްޒިމް ބޭންކުގެ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ މަޝްރޫއެކެވެ. މި މަސައްކަތުގެ ކޮންޓްރެކްޓަރަކީ އިންޑިޔާގެ އެފްކޮންސް ކުންފުންޏެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment