މި ފެށޭ ރަމަޟާން މަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭން ނިންމާފައިވާ މަސްދަޅު ކޭސް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ބަހަން ފަށާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، މިކަމަށް ބޭނުންވާ ހުރިހާ އިންތިޒާމުތަކެއް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. ވަޒީރު ވިދާޅުވި ގޮތުގައި މިއަހަރުގެ ރަމަޟާން މަހު ޖުމްލަ 118,673 ގޭބިސީއަށް މަސްދަޅު ކޭސް ދޫކުރާނެއެވެ. މީގެ ތެރޭގައި އަތޮޅުތަކުގެ 56,918 ގޭބިސީ އާއި މާލެ ސަރަހައްދުގެ 61,755 ގޭބިސީ ހިމެނެއެވެ. ރޯދަ ހަދިޔާ ބެހުމަށް ޚާއްސަކޮށް ހުޅުވާލާ ޕޯޓަލް މެދުވެރިކޮށް މިއަދު މެންދުރު 12:00 އިން ފެށިގެން ނަންބަރު ނެގޭނެ ކަމަށާއި، މަސްދަޅު ކޭސް ހޯދަން އެއްވެސް މީހަކު ކިޔޫގައި ޖެހެން ނުޖެހޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މާލެ ސަރަހައްދުގައި މަސްދަޅު ދޫކުރާނެ ތަންތަން; މާލެ ސަރަހައްދުގައި ޖުމްލަ 15 ތަނަކުން މަސްދަޅު ކޭސް ދޫކުރާނެއެވެ. މާލޭގައި މަސްދަޅު ދޫކުރާނީ;
- މިފްކޯ މަރުކަޒު،
- ސޯޝަލް ސެންޓަރ،
- އެމްޓީސީސީ ސޯ މިލް،
- ހެންވޭރު ބޯޅަ ދަނޑު
- ގަލޮޅު ބޯޅަދަނޑުގެ 4 ސަރަހައްދަކުން
ހުޅުމާލޭގައި މަސްދަޅު ދޫކުރާނީ;








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.