1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އައިންތު މިސް ނިޔާވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

Screenshot_20260122_144245_Gallery(1)
މަޝްހޫރު ދިވެހި މުދައްރިސް އާމިނަތު ޙަސަން (އައިންތު މިސް)----ފޮޓޯ:ދަރިވަރު
މުހައްމަދު އަޚްތަރު
214ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހިބަސް އުނގަންނައި ދެއްވުމާއި ބަސް ކުރިއެރުވުމުގައި ދިގު މުއްދަތަކު ޚިދުމަތް ކޮށްދެއްވި އާމިނަތު ޙަސަން (އައިންތު މިސް) ނިޔާވުމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

އައިންތު މިސް ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނު އައިޖީއެމްއެޗްގައެވެ. ނިޔާވީއިރު އުމުރުފުޅަކީ 58 އަހަރެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިބަސް އުނގަންނައި ދެއްވުމާއި ބަސް ކުރިއެރުވުމުގައި ދިގު މުއްދަތަކު ޚިދުމަތް ކޮށްދެއްވި އާމިނަތު ޙަސަން އަވަހާރަވުމުގެ ހިތާމައިގާ އެ ޢާއިލާއަށް، އަދި ތަޢުލީމާއި ބަހާއި އަދަބިއްޔާތުގެ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް ތަޢުޒިޔާ ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މަރްޙޫމާ އާމިނަތު ޙަސަނަށް މާތްﷲގެ ތަނަވަސް ރަޙްމަތް މިންވަރުކުރައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރައްވާފައެވެ.

300 × 250

އައިންތު މިސް ވަނީ ދިވެހި ބަސް އުނގަންނައިދިނުމުގެ ދާއިރާގައި 34 އަހަރުގެ ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ. ތަޢުލީމީ ދާއިރާގެ އިތުރުން، އެކަމަނާ ވަނީ މީޑިއާ ކައުންސިލްގެ މެމްބަރުކަމާއި، އެސެޓް ރިކަވަރީ ކޮމިޝަންގެ މެމްބަރުކަންވެސް ކުރައްވާފައެވެ.

ދިވެހި ބަހުގެ މާހިރުން އައިންތު މިސް ސިފަކުރައްވަނީ ދިވެހި ބަހަށް ވަރަށް ބޮޑަށް ލޯބި ކުރެއްވި، އަދި އެންމެންނާވެސް ގުޅޭ ވަރަށް ހިތްހެޔޮ ބޭފުޅެއްގެ ގޮތުގައެވެ. އެކަމަނާގެ ވަކިވުމަކީ ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއަށް ލިބުނު ފޫނުބެއްދޭނެ ބޮޑު ގެއްލުމެކެވެ.

އާމިނަތު ޙަސަންގެ ކަށު ނަމާދު އޮންނާނީ މިއަދު އަސުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި