ޚަބަރު
ދިވެހި އަންހެނަކު ބަލިވެއިނދެ ބައިގެން ދިޔަ މައްސަލަ؛ ކުއްޖާގެ އޮޓޮޕްސީ ހަދައިފި

ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތްކުރާ ދިވެހި ޒުވާން އަންހެނަކު ބަލިވެއިނދެ، ބައިގެން ދިޔަ މައްސަލައިގައި ތަހުގީގުގެ ބޭނުމަށް ކުއްޖާގެ އޮޓޮޕްސީ ހަދައިފިއެވެ. މި ހާދިސާއަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ހިނގާފައިވާ ހާދިސާއެކެވެ.

ވ. އަތޮޅުގެ ރިސޯޓެއްގައި ވަޒީފާ އަދާކުރަމުންދާ އަންހެނަކު ބަލިވެއިނދެ ބައިގެންގޮސް، ކުއްޖާ މަރުވެފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. ފުލުހުން ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތު ހޯދުމަށްޓަކައި ކުއްޖާގެ އޮޓޮޕްސީ ހަދާފައިވާ ކަމަށާއި، ނަމަވެސް އޮޓޮޕްސީގެ ރިޕޯޓް އަދި ލިބިފައިނުވާ ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ފެންމަތިވި މި މައްސަަލައިގައި އެ އަންހެން މީހާ ބަލިވެއިނދެ، ދަރިފުޅު ބައިގެން ދިޔައިރު، މަރުވެފައިވާ އެ ކުއްޖާ ފެނިފައިވަނީ އެ ރިސޯޓުގެ ސްޓާފް އެކޮމޮޑޭޝަން ބްލޮކްގައި ހުރި ޑަސްބިނަކުންނެވެ.

އެ ސަރަހައްދުން ކުނިވަސް ދުވާތީ މުވައްޒަފުން އެކޮމޮޑޭޝަން ބްލޮކް ބަލަމުން ދަނިކޮށް، ޑަސްބިން ތެރެއިން ފެނުނު އެ ކުއްޖާގެ ބަރުދަނުގައި ގާތްގަނޑަކަށް ދެ ކިލޯ ހުރި ކަމަށް މައުލޫމާތު ލިބެއެވެ. މިއީ ފުލުހުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ މައްސަލައެކެވެ.

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment