އިންތިހާބު ޕޯޓަލް" ގެ ނަމުގައި "ލޫޕް ހަބް" އިން، ލޯކަލް ކައުންސިލް އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ޕޯޓަލްއެއް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި ޕޯޓަލްއަކީ އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނާއި އެ ބޭފުޅުންގެ ކެމްޕޭން ޓީމުތަކަށް ކުރިމަތިވާ އެންމެ ބޮޑެތި ގޮންޖެހުންތަކަށް ޒަމާނީ ހައްލެއް ހޯދައިދިނުމުގެ މަގްސަދުގައި ތައްޔާރުކޮށްފައިވާ ނިޒާމެކެވެ. ލޫޕް ހަބްއިން ހާމަކުރި ގޮތުގައި، މި ޕޯޓަލްގެ ސަބަބުން އެތައް ހާސް ވޯޓުލާ މީހުންގެ މައުލޫމާތު ބެލެހެއްޓުމާއި، ކެމްޕޭންގެ ކުރިއެރުން ވަޒަންކުރުމުގެ އިތުރުން ޓީމުގެ މަސައްކަތްތައް ވަގުތުން ވަގުތަށް ކޯޑިނޭޓް ކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ. މި ޕޯޓަލް ފަރުމާކޮށްފައިވަނީ ބޭނުންކުރަން ފަސޭހަ، އެއް އިންޓަފޭސްއެއްގެ ދަށުން ވަރުގަދަ ހަ ސިސްޓަމެއް ހިމަނައިގެންނެވެ. މި ޕޯޓަލްގައި ހިމެނޭ މައިގަނޑު ބައިތަކުގެ ތެރޭގައި ވޯޓުލާ މީހުންގެ ފުރިހަމަ ޑޭޓާބޭސްއެއް ހިމެނޭ ވޯޓާސް މެނޭޖްމަންޓް ސިސްޓަމާއި، ގޭގެއަށް ޒިޔާރަތްކުރާ މިންވަރު ބަލާ ޑޯ-ޓޫ-ޑޯ ޓްރެކިން ސިސްޓަމް ހިމެނެއެވެ. މީގެ އިތުރުން ރީ-ރަޖިސްޓްރޭޝަން ކަންކަން ބަލަހައްޓާ ސިސްޓަމަކާއި، ދަތުރުފަތުރުގެ ކަންކަން ކޯޑިނޭޓްކުރާ ޓްރެވަލް ރިކުއަޔަމަންޓް މެނޭޖްމަންޓް ސިސްޓަމްވެސް ހިމެނެއެވެ. ކެމްޕޭންގެ ތެރޭގައި ވެވޭ ވައުދުތައް ފޮލޯއަޕް ކުރުމަށް ޑިމާންޑްސް މެނޭޖްމަންޓް ސިސްޓަމެއް ހިމަނާފައިވާއިރު، ވޯޓުލާ ދުވަހުގެ ހުރިހާ މަސައްކަތެއް ވަގުތުން ވަގުތަށް މެނޭޖްކުރުމަށް އިލެކްޝަން ޑޭ މެނޭޖްމަންޓް ސިސްޓަމެއްވެސް މި ޕޯޓަލްގައި ވަނީ ހިމަނާފައެވެ. ލޫޕް ހަބްއިން ވިދާޅުވީ މި ޕޯޓަލްގެ ސަބަބުން ކެމްޕޭން ޓީމުތަކުން ސްޕްރެޑްޝީޓްތަކާއި ކަރުދާސްތައް ބޭނުންކޮށްގެން މައުލޫމާތު ހޯދުމުގައި އުފުލާ ތަކުލީފުތަކަށް ނިމުމެއް އަންނާނެ ކަމަށެވެ. "އިންތިހާބު ޕޯޓަލްއާއެކު، ކެންޑިޑޭޓުންނަށް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ވޯޓުލާ މީހެއްގެ މައުލޫމާތު ހޯދައި، ކެމްޕޭންގެ ކުރިއެރުން ވަގުތުން ބަލައިލެވޭނެ،" ލޫޕް ހަބްއިން ވިދާޅުވިއެވެ. މި ޕޯޓަލްއަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޓެކްނޮލޮޖީގެ އެހީގައި ކާމިޔާބީއާ ހަމައަށް ވާސީލްވުމަށް ހުޅުވިގެންދާ މުހިންމު ފުރުސަތެއްގެ ގޮތުގައި އެ ކުންފުންޏަކުން ސިފަކުރެއެވެ. މި ޕޯޓަލްގެ އެކި ބޭނުންތަކަށް ހާއްސަ އަގުތަކެއްގެ ޕެކޭޖުތައް ކަނޑައަޅާފައިވާއިރު، ޕޯޓަލްގެ ޑެމޯއެއް ބައްލަވާލެއްވުމަށް ނުވަތަ ޕޯޓަލް ބައްލަވައިގަތުމަށް ލޫޕް ހަބްގެ ފޯނު ނަމްބަރު 9841414 އަށް ގުޅައިގެން މައުލޫމާތު ސާފުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޓޭޓުންނަށް 'އިންތިހާބު ޕޯޓަލް' ގެ ނަމުގައި ހާއްސަ ޕޯޓަލްއެއް

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.