1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ނަފްސާނީ ދުޅަހެޔޮކަމާއިބެހޭ ގޮތުން ޑރ.ނާޒްގެ މައުލޫމާތު ސެޝަނެއް ތިނަދޫގައި ބާއްވައިފި

received_1263732570772798
ޢަޒީޒާ އަފީފް
803ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

"އަންހެނުންގެ ނަފްސާނީ ދުލަހެޔޮކަން" މިޝިޔާރުގެ ދަށުން ރާއްޖޭގެ މަޝްހޫރު ނަފްސާނީ އިލްމުވެރިޔާ ޑރ. އައިޝަތު އަލީ ނާޒްގެ ހާއްސަ މައުލޫމާތު ސެޝަނެއް މިރޭ ގދ.ތިނަދޫގައި ބާއްވައިފިއެވެ.

މިއީ ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިޔު.ޑީ.ސީ)އިން އިންތިޒާމްކޮށްގެން ބޭއްވުނު މައުލޫމާތު ބައްދަލުވުމެކެވެ.

މިރޭ 20:30 އިން 22:30 އަށް ތިނަދޫ ކެމްޕަހުގައި ބޭއްވުނު މިބައްދަލުވުމަކީ "އެކްޓިވިޒަމް އަގެއިންސްޓް ޖެންޑަރ ބޭސްޑް ވައިލެންސް" ކެމްޕެއިން ހަރަކާތެއްގެ ގޮތުގައި 16 ދުވަހަށް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ހަރަކާތްތަކުގެ ދަށުން ބޭއްވުނު މައުލޫމާތު ސެޝަނެކެވެ.

300 × 250

މިބައްދަލުވުމުގައި އަންހެނުންގެ ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަމާއި، ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތައް ޑރ.ނާޒްވަނީ މިސެޝަންގެ ބައިވެރިންނަށް ކިޔައިދީފައެވެ.

މައުލޫމާތު ލިބުނުގޮތުގައި ޑރ.ނާޒް ތިނަދޫއަށް ކުރެއްވި ދަތުރުފުޅަކީ ތިނަދޫގައި ހުންނަ ސަދަން މެޑިކަލް ކްލިނިކް (އެސްއެމްސީ) އިން އިންތިޒާމްކޮށްގެން ބާއްވާ "މެންޓަލް ހެލްތު ޕްރޮގްރާމް 2021″ ގައި ބައިވެރިވެވަޑައިގެންނެވުމުގެ ގޮތުން ކުރެއްވި ދަތުރުފުޅެކެވެ.

އެގޮތުން އެސް.އެމް.ސީ ކްލިނިކުން 25 ނޮވެމްބަރުން ފެށިގެން 30 ނޮވެމްބަރުގެ ނިޔަލަށް ހިންގަން ހަމަޖެހިފައިވާ މިޕްރޮގްރާމްގައި ސައިކޮލޮޖިކަލް ކޮންސަލްޓޭޝަން، ސަކޮލޮޖިކަލް ޕްރޮފައިލިންގ، ކައުންސެލިންގ، އަދި ސައިކޯތެރަޕީ ސެޝަންތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި