1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މިދިޔަމަހު އެންމެބޮޑު ސަރވިސް ޗާޖެއް އިތާފުށި ރިސޯޓުގެ މުވައްޒަފުންނަން؛ 4000 ޑޮލަރަށްވުރެ މަތީގައި!

it
ވޮލްޑޯފް އެސްޓޯރިއާ އިތާފުށި މޯލްޑިވްސް
މަރްޔަމް ޝަފާ ސައީދު
234ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ނިމިދިޔަ ޑިސެންބަރު މަހު ރާއްޖޭގެ ރިސޯޓުތަކުން ދިން ސަރވިސް ޗާޖުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެންމެ ބޮޑު އަދަދެއް މުވައްޒަފުންނަށް ބަހާފައިވަނީ ވޮލްޑޯފް އެސްޓޯރިއާ އިތާފުށި މޯލްޑިވްސްއިންނެވެ. އެ ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް ސަރވިސް ޗާޖުގެ ގޮތުގައި 4،117 ޑޮލަރު ނުވަތަ 63،484 ރުފިޔާ ލިބިފައިވެއެވެ. ރިސޯޓު ވޯކާސް މޯލްޑިވްސްއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ޑިސެންބަރު މަހަކީ މި ފަހުން ރާއްޖޭގެ ރިސޯޓުތަކުން އެންމެ ބޮޑު ސަރވިސް ޗާޖެއް ދީފައިވާ މަހެވެ. ރާއްޖޭގެ މަތީ ފަންތީގެ ރިސޯޓުތަކަކީ ދުނިޔޭގެ ފެންވަރުގައިވެސް މަސައްކަތްތެރިންނަށް އެންމެ ބޮޑު ސަރވިސް ޗާޖު ބަހާ ރިސޯޓުތަކެވެ. އާންމު ގޮތެއްގައި ކޮންމެ އަހަރެއްގެވެސް ޑިސެންބަރު އަދި ޖަނަވަރީ މަހަކީ ފަތުރުވެރިކަމުގެ ހައި ސީޒަނާ ދިމާކޮށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ދުވަސްވަރެވެ.

1،000 ޑޮލަރަށްވުރެ ބޮޑު ސަރވިސް ޗާޖެއް ދިން ރިސޯޓުތައް

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު 8 ރިސޯޓަކުން ވަނީ މުވައްޒަފުންނަށް 1،000 ޑޮލަރަށްވުރެ ބޮޑު އަދަދެއް ސަރވިސް ޗާޖުގެ ގޮތުގައި ދީފައެވެ. މީގެ ތެރޭގައި ހިމެނެނީ:

300 × 250
  • ވަން އެންޑް އޮންލީ ރީތިރަށް: 1،977 ޑޮލަރު (30،485 ރުފިޔާ)
  • އަނަންތަރަ ކިހަވަށް: 1،895 ޑޮލަރު (29،220 ރުފިޔާ)
  • ވެލާ ޕްރައިވެޓް އައިލެންޑް: 1،875 ޑޮލަރު (28،912 ރުފިޔާ)
  • ރިއު އެޓޯލް އެންޑް ޕްރައިވެޓް: 1،239 ޑޮލަރު (19،105 ރުފިޔާ)
  • ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް: 1،158 ޑޮލަރު (17،856 ރުފިޔާ)
  • ޑަބްލިއު މޯލްޑިވްސް: 1،135 ޑޮލަރު (17،501 ރުފިޔާ)
  • ސެންޓާރާ ގްރޭންޑް ލެގޫން: 1،111 ޑޮލަރު (17،131 ރުފިޔާ)
  • އަވާނީ އެންޑް ފާރޭޝް: 1،070 ޑޮލަރު (16،530 ރުފިޔާ)

މީގެ އިތުރުން، ގިނަ ރިސޯޓުތަކުން 500 ޑޮލަރާއި 1،000 ޑޮލަރާ ދެމެދުގެ އަދަދެއް ސަރވިސް ޗާޖުގެ ގޮތުގައި ބަހާފައިވެއެވެ. މީގެ ތެރޭގައި ސިނަމަން ދޮންވެލި، ސަންސިޔާމް އޮޅުވެލިފުށި އަދި ސެންޓާރާ މައިރޭޖް ލެގޫން ފަދަ މަޝްހޫރު ރިސޯޓުތައް ހިމެނެއެވެ. ވަޒީފާއާ ބެހޭ ގާނޫނު ބުނާގޮތުން، ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން މަދުވެގެން 10 އިންސައްތަ ސަރވިސް ޗާޖުގެ ގޮތުގައި ނަގަންޖެހެއެވެ. އަދި މި ފައިސާ ހުރިހާ މުވައްޒަފުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި ހަމަހަމައަށް ބަހަންޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. ސަރވިސް ޗާޖުގެ ގޮތުގައި ލިބޭ ފައިސާ ޖެހިގެން އަންނަ މަސް ނިމުމުގެ ކުރިން މުވައްޒަފުންނަށް ދޭންޖެހޭއިރު، ގިނަ ރިސޯޓުތަކުން މި ފައިސާ ދެނީ ޑޮލަރުންނެވެ. ނަމަވެސް ފަހަކަށް އައިސް ބައެއް ރިސޯޓުތަކުން ދިވެހި ރުފިޔާއިންވެސް ސަރވިސް ޗާޖު ދެމުންދާކަން ފާހަގަކުރެވެއެވެ.


300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި