ގއ.ދާންދޫ އަށް ނިސްބަތްވާ ދޯންޏެއް ކަމަށްވާ ސީސަން ދޯނި ފަރަށް އަރައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސީސަން ދޯނި ފަރަށް އަރާފައިވަނީ މަސް ކިރުމަށްފަހު ގދ. ކަނޑަހަލަގަލާ ކިޔާ ރަށުގެ ކައިރީގައި އޮތް ބޯޓަށް ތެޔޮއަޅަން ދަތުރުކުރަމުން ދަނިކޮށް މިރޭ 19:15 ހާއިރު އެވެ.

ސީސަން ދޯނި ފުންކުރުމަށް މި ވަގުތު އެ ސަރަހައްދުގައި އިތުރު ދޯނިތައް އެބަ ހަރަކާތްތެރިވެއެވެ.

ދޯނި ފަރަށް އެރުމާއި ގުޅިގެން ދޯނީގައި ތިބި އެއްވެސް މަސްވެރިޔަކަށް ގެއްލުމެއް އަދި އަނިޔާ އެއް ލިބިފައިވާ ކަމުގެ މައުލޫމާތު ނުލިބެއެވެ. އަދި ދޯންޏަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް ސާފުވާގޮތް ވަނީ ނުވެފައެވެ.

ސީސަން ދޯންޏަކީ މިހާރު ރާއްޖޭގެ އެންމެ ބޮޑު އިންޖީނު އަޅާފައިވާ މަސްދޯންޏެވެ. އަދި ރާއްޖޭގައި ދުއްވާ ދޯނިފަހަރުތަކުގެތެރެއިން އެންމެ ޒަމާނީ ވަސީލަތްތަށް ޤާއިމްކޮށްފައިވާ ދޯނިތަކުގެތެރޭގައި ހިމެނޭ ދޯންޏެކެވެ.