ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ޕްރައިވެޓް ރޫމް ފެސިލިޓީއެއް ތަރައްޤީކުރުމަށް އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. 53.5 މިލިޔަން ރުފިޔާގެ މި މަޝްރޫޢަކީ އޭޝިއަން އިންފްރާސްޓްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) ގެ އެހީގައި 435 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ. މި ފެސިލިޓީގައި ފާޚާނާއާއެކު 14 ޕްރައިވެޓް ރޫމް ހިމެނޭއިރު، މީގެ ތެރޭގައި ބަލިމީހާގެ އިތުރުން އެހީތެރިޔާއަށް މަޑުކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެއެވެ. މީގެ އިތުރުން ޑައިލިސިސް ރޫމް، އެމަރޖެންސީ ރޫމް، ނާރސް ސްޓޭޝަން، އަދި ތަމްރީންތަކަށް ބޭނުންވާނެ މަލްޓިޕާރޕޯސް ހޯލެއްގެ އިތުރުން ނަމާދު ކޮޓަރިއެއްވެސް މި އިމާރާތުގައި ހިމެނެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އަތޮޅުތެރޭގައި އެންމެ ގިނަ ބަލިމީހުންނަށް ޚިދުމަތްދޭ މަރުކަޒަށް ވީނަމަވެސް، މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޕްރައިވެޓް ރޫމްތައް ނެތުމުގެ ސަބަބުން ބަލިމީހުންނާއި އެހީތެރިންނަށް ކުރިމަތިވާ ދަތިތަކެވެ. މި އައު ފެސިލިޓީއާއެކު، ގައިންގަޔަށް އަރާ ބަލިތަކުގެ މީހުން އެކަހެރިކޮށްގެން ފަރުވާދިނުމަށާއި، ދުރު ރަށްރަށުން ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. މި މަޝްރޫޢަކީ މާލެއަށް ބަރޯސާވުން ކުޑަކޮށް، އަތޮޅުތަކުގެ ސިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މީގެ ސަބަބުން ހޮސްޕިޓަލުގެ މުވައްޒަފުންނާއި މެޑިސިން ކިޔަވާ ކުދިންނަށް ބޭނުންވާ ތަމްރީންތައް ހިންގުމަށްވެސް އެކަށީގެންވާ ޖާގަ ލިބިގެންދާނެއެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލްގައި ޕްރައިވެޓް ރޫމް ފެސިލިޓީއެއް ތަރައްޤީ ކުރުމަށް އަލްޓެކް މޯލްޑިވްސްއާ ހަވާލު ކޮށްފި

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.