1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ވެލިދޫގައި ސީ އެމްބިއުލާންސްގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

veg
ވެލިދޫގައި ސީ އެމްބިއުލާންސްގެ ޚިދުމަތް ރަސްމީކޮށް ފަށައިފި .... ފޮޓޯ: ޕީއެސްއެމް
މަރްޔަމް ޝަފާ ސައީދު
236ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ނޫނު އަތޮޅު ވެލިދޫގައި ސީ އެމްބިއުލާންސްގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ފެށުމަށްޓަކައި މިއަދު ހަވީރު ވެލިދޫގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދިފާޢީ ވުޒާރާގެ ނައިބު ފާޠިމަތު މިޒުނާ ޢަލީ އެވެ. މި ރަސްމިއްޔާތުގައި ދިފާޢީ ވުޒާރާގެ އިސްވެރިންގެ އިތުރުން، އެކި ވުޒާރާތަކުގެ އިސް ބޭފުޅުންނާއި، ވެލިދޫ ޞިއްޙީ މަރުކަޒުގެ އިސްވެރިން އަދި އެ ރަށުގެ އެކި މުއައްސަސާތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވެލިދޫގައި ސީ އެމްބިއުލާންސްގެ ޚިދުމަތް ފައްޓަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވޭތުވެދިޔަ އަހަރު ވިދާޅުވެފައެވެ. ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ މިޒުނާ ވިދާޅުވީ، "ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް މި ޚިދުމަތް ފެށުމަށްޓަކައި އެމަނިކުފާނުގެ ފަރާތްޕުޅުން ފުރިހަމަ އެއްބާރުލުމެއް ލިބިގެންދިޔަ" ކަމަށެވެ.

300 × 250

ނ. އަތޮޅަކީ ފަތުރުވެރިކަން ފުޅާވަމުން އަންނަ އަތޮޅަކަށްވެފައި، ވެލިދޫގައި ވެސް ފަތުރުވެރިކަން ކުރިއަރަމުންދާތީ، އެ ރަށަށް ސީ އެމްބިއުލާންސްގެ ޚިދުމަތް މުހިއްމުވެފައިވާކަން މިޒުނާ ފާހަގަކުރެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، މި ޚިދުމަތުގެ ސަބަބުން އަތޮޅުގެ ރަށްތަކަށް ބޮޑެތި ލުއިތަކެއް ލިބި، އަވަސް ފަރުވާގެ ނިޒާމު ހަރުދަނާވުމުން އިންވެސްޓަރުންގެ އިތުބާރު ވެސް ބޮޑުވެގެންދާނެ ކަމަށެވެ.

މީގެ ކުރިން ނޫނު އަތޮޅުގައި ސީ އެމްބިއުލާންސްގެ ޚިދުމަތް ދެމުން އައީ ހަމައެކަނި މަނަދޫގައެވެ. ނަމަވެސް އެންމެ އުޅަނދަކުން މުޅި އަތޮޅަށް ބޭނުންވާ ފެންވަރުގައި ޚިދުމަތް ދިނުމަށް ދަތިތަކެއް ކުރިމަތިވަމުންދިޔައެވެ. ވެލިދޫގައި މި ޚިދުމަތް ފެށުމާއެކު، ކައިރި ރަށްތަކަށް ޞިއްޙީ އަވަސް ފަރުވާ ފޯރުކޮށްދިނުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ މިއަހަރުގެ ތެރޭގައި އިތުރު 9 ރަށެއްގައި އަލަށް ސީ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަށެވެ. މީގެ އިތުރުން، އެކި ސަބަބުތަކާހުރެ ޚިދުމަތް މެދުކެނޑިފައިވާ ރަށްތަކުގައި އަލުން ޚިދުމަތް ފެށުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި