ދުނިޔޭގެ ބޭންކު (ވޯލްޑް ބޭންކު) ގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ "އެސްޕަޔަރ" (ASPIRE) އަދި "އަރައިޒް" (ARISE) މަޝްރޫއުގެ ދަށުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައި ގާއިމުކޮށްފައިވާ ސޯލާ ޕީވީ ނިޒާމުތައް ބަލައިލުމަށް އެ ބޭންކުގެ މަތީ ފަންތީގެ ވަފުދެއް މި ހަފުތާގައި އެ ދެ ސިޓީއަށް ޒިޔާރަތްކޮށްފިއެވެ.
މި ޒިޔާރަތަކީ ވޯލްޑް ބޭންކުގެ އެހީގައި ހިންގާ މަޝްރޫއުތަކުގެ ތިމާވެށީގެ އަދި އިޖުތިމާއީ ކަންކަން ތަންފީޒުވަމުންދާ މިންވަރު ބަލައި، އެކަންކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ "އެންވަޔަރަންމަންޓް އެންޑް ސޯޝަލް އިމްޕްލިމެންޓޭޝަން ސަޕޯޓް" މިޝަންގެ ބައެކެވެ. މި ވަފުދުގައި އިސްކޮށް ހުންނެވީ ވޯލްޑް ބޭންކުގެ ސައުތު އޭޝިއާ ރީޖަންގެ އެންވަޔަރަންމަންޓަލް އެންޑް ސޯޝަލް ސްޓޭންޑަރޑްސް ޕްރެކްޓިސް މެނޭޖަރު ޖަންމޭޖޭ ސިންގް އެވެ.
މި ދަތުރުގައި ވަފުދުގެ ބޭފުޅުން ވަނީ އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ 3 މެގަވޮޓްގެ ސޯލާ ޕީވީ ނިޒާމާއި، ފުވައްމުލަކު ސިޓީގައި ގާއިމުކޮށްފައިވާ 2 މެގަވޮޓްގެ ސޯލާ ޕީވީ ނިޒާމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ތަފްސީލީ ގޮތެއްގައި ބައްލަވާލައްވާފައެވެ. މީގެ އިތުރުން، ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (BESS) އަދި ކަރަންޓު ވިއުގަ (Grid) އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ހިނގަމުންދާ ސައިޓުތަކަށްވެސް ވަފުދުން ޒިޔާރަތްކުރިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.