ޚަބަރު
22 އަހަރު ފަހުން އައްޑޫ ލިންކް ރޯޑް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށްޓަކައި، އާރްޑީސީ އިން އެމަގުގެ ސާރވޭ ފަށައިފި

އައްޑޫ ސިޓީގެ ރަށްތައް ގުޅުވާލުމަށް މީގެ 22 އަހަރު ކުރިން ހެދި ލިންކް ރޯޑް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ ތައްޔާރީތައް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ފަށައިފިއެވެ. މި މަޝްރޫއުގެ ދަށުން ލިންކް ރޯޑާއި އެ މަގާ ގުޅިފައިވާ މަގުތަކުގެ އިތުރުން ފެން ހިންދާ ނިޒާމުވެސް ޑިޒައިން އެންޑް ބިލްޑް އުސޫލުން ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދައުލަތުގެ ބަޖެޓުން 829.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި ބިޔަ މަޝްރޫއު އާރުޑީސީއާ ހަވާލުކޮށްފައިވަނީ ތިން އަހަރާއި އެއް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތުގެ ދަށުން ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ރޭވިފައެވެ. މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚަކީ 8 އެޕްރީލް 2025 އެވެ.

އާރުޑީސީން ބުނި ގޮތުގައި، އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ސައިޓް ސެޓްއަޕް ހެދުމާއި މުވައްޒަފުން ނެގުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި މަޝްރޫއުގެ ތެރެއިން ބަންޑް ވޯލް ޖެހުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، ބިން ހިއްކުމުގެ މަސައްކަތް ބާރުސްޕީޑުގައި ދަނީ ކުރިއަށެވެ.

މި މަސައްކަތް ހަލުވިކުރުމުގެ ގޮތުން މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު އިތުރު 15 ބިދޭސީ މުވައްޒަފުން އައްޑޫއަށް ފޮނުވާފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ. އަދި ޖެނުއަރީ މަހުގެ މެދުތެރެއިން ފެށިގެން 15 ޓަނުގެ ޓްރަކްތައް ބޭނުންކޮށްގެން ބިން ހިއްކުމުގެ މަސައްކަތް އިތުރަށް އަވަސްކޮށްފައިވާ ކަމަށްވެސް އާރުޑީސީން ފާހަގަކުރެއެވެ.

ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ރަށުގެ މުހިންމު މުއައްސަސާތައް ހުންނަ މަގުތަކާއި، ބޮޑަށް ހަލާކުވެފައިވާ މަގުތައް މަރާމާތުކޮށް ތަރައްގީ ކުރުމަށެވެ. މިއީ މުޅި ރާއްޖޭގެ ރަށްރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ ފުޅާ މަޝްރޫއެއްގެ ބައެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment