1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަ ގައިދީއަކު މަރުވެއްޖެ

huk
ހުޅުމާލެ ހޮސްޕިޓަލް
މަރްޔަމް ޝަފާ ސައީދު
264ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ ގައިދީއަކު އިއްޔެ މަރުވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މަޢުލޫމާތު ދީފައިވާ ގޮތުގައި މަރުވެފައިވަނީ ހަސަން ނިޔާޒް ނަމަކަށް ކިޔާ މީހެކެވެ.

ކަރެކްޝަންސް އިން ބުނީ އިއްޔެ މެންދުރު ފަހު އޭނާ އަށް ކުއްލި މެޑިކަލް އެމަރޖެންސީއެއް ދިމާވެ، ހުޅުމާލޭ ހޮސްޕިޓަލަށް އަވަސް ފަރުވާއަށް 13:30 ހާއިރު ގެންދެވިފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލުގައި އަވަސް ފަރުވާ ދޭން ފަށާފައިވަނިކޮށް، އޭނާ މަރުވި ކަމަށް ޑޮކްޓަރުން އަންގާފައިވަނީ 14:05 ގައެވެ.

ހަސަން ނިޔާޒް މަރުވުމާ ގުޅިގެން އެ ސަރވިސްއިން ވަނީ ވަގުތުން އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި އޭނާގެ އާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އަންގާފައެވެ.

300 × 250

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ އެހެން ގައިދީއަކުވެސް އިއްޔެ ވަނީ މަރުވެފައެވެ. މަރުވެފައިވަނީ ދަފްތަރު ނަންބަރު 439، އިބްރާހިމް ސުޙެއިލް (53އ) އެވެ. އޭނާ މަރުވީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނިކޮށް އިއްޔެ ހެނދުނު 9:05 ހާއިރުއެވެ.

ކަރެކްޝަންސް އިން މަޢުލޫމާތު ދޭ ގޮތުގައި އިބްރާހިމް ސުޙެއިލްގެ ސިއްޙީ ހާލަތު ދެރަވުމާ ގުޅިގެން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާތާ ހަފްތާއެއް ވެފައިވެއެވެ. އޭނާ މަރުވީ "ނިއުމޯނިއާ" ޖެހިގެން ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.

އިބްރާހިމް ސުޙެއިލް އަކީ 2025 ވަނަ އަހަރު ސްޓްރޯކެއް ޖެހިގެން އެކަމަށް ފަރުވާ ހޯދަމުން އައި މީހެއް ކަމަށްވެސް ކަރެކްޝަންސްގެ މަޢުލޫމާތުތަކުން އެނގެއެވެ. އެއް ދުވަހެއްގެ ތެރޭގައި ދެ ގައިދީއަކު މަރުވުމާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ދަނީ ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި