ނ. މިލަދޫ ޞިއްޙީ މަރުކަޒަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން ބިނާކުރި އައު އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ. މި އިމާރާތް ހުޅުއްވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ.
އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިލަދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ހުޅުވުމުގެ އިތުރުން، އެ ރަށާއި އަދި އެ އަތޮޅު މާޅެންދޫގައިވެސް ލެބޯޓަރީގެ ޚިދުމަތް ވަނީ ރަސްމީކޮށް ފަށްޓަވައިދެއްވާފައެވެ. މިއީ ނ. އަތޮޅަށް ވަޒީރު މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ކުރިއަށްދިޔަ ހަރަކާތްތަކެކެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ވަޑައިގަތުމުން ހުރިހާ ރަށަކުންވެސް އެންމެ ބޮޑަށް އެދޭ ކަމަކީ ލެބޯޓަރީގެ ޚިދުމަތް ޤާއިމުކޮށްދިނުން ކަމަށެވެ. އެހެންކަމުން، 2026 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.