މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީ (އެމްއެސްޑީ)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ނޫރްބާން ފަހުމީ އައްޔަނުކޮށްފިއެވެ. މީގެ އިތުރުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ)ގެ ޗީފް ސްޓްރެޓަޖިސްޓްގެ މަގާމަށް ވެސް ނޫރްބާން ވަނީ އައްޔަންކުރައްވާފައެވެ. އެމްއެސްސީން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، އެމްއެސްޑީ އާއި އެމްއެސްއީގެ ބޯޑު ޑިރެކްޓަރުކަމަށް މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނޫރްބާން ވަނީ އައްޔަންކޮށްފައެވެ. މި ބަދަލަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ކުރިމަގަށް ރޭވިފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އެ ކުންފުނިން ވިދާޅުވި ގޮތުގައި، ދެ ކުންފުނީގެ އިސް ސަފަށް މި ބަދަލު ގެނައީ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އިދާރީ ވިލުންތެރިކަމާއި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ ކެޕިޓަލް މާކެޓު އާ ހަރުފަތަކަށް ގެންދިޔުމަށް މަގުފަހިކުރުމުގެ މަގްސަދުގައެވެ. މިއީ ރާއްޖޭގެ މާލީ ބާޒާރު އިތުރަށް ތަރައްގީކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއް ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ނޫރްބާން ފަހުމީއަކީ ގާނޫނީ ދާއިރާ އާއި ޕަބްލިކް މެނޭޖްމަންޓްގެ ދާއިރާއިން އިނގިރޭސިވިލާތުން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އެމްއެސްޑީ އާއި އެމްއެސްއީގެ ތަފާތު އިސް މަގާމުތަކުގައި ހަތް އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައެވެ. އޭގެ ތެރޭގައި ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމާއި، ލީގަލް ކައުންސެލް އަދި ކޮމްޕެނީ ސެކްރެޓަރީގެ މަގާމު ހިމެނެއެވެ.
އެމްއެސްޑީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރަކަށް ނޫރްބާން ފަހުމީ އައްޔަނު ކޮށްފި

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.