1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސިއްހީދާއިރާގެ ނުފޫޒުގަދަ ލިސްޓުގައި ހިމެނިވަޑައިގެންނެވުމުން، ޑަބްލިއުއެޗްއޯ ގެ ތައުރީފް ރައީސް ޑރ މުއިއްޒަށް!

529
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
މުހައްމަދު އަޚްތަރު
183ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އެމެރިކާގެ މަޝްހޫރު ޓައިމް މެގަޒިން އިން ހޮވާ ސިއްހީ ދާއިރާގެ ނުފޫޒުގަދަ 100 ބޭފުޅުންގެ 2026 ވަނަ އަހަރުގެ ލިސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަތުމާ ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން އެމަނިކުފާނަށް މަރުހަބާ ދަންނަވައި ތައުރީފުކޮށްފިއެވެ.

ޓައިމް މެގަޒިންގެ މި ލިސްޓުގައި ރައީސްގެ ނަން ހިމަނާފައިވަނީ އާންމު ސިއްހަތު ކުރިއެރުވުމަށް އެމަނިކުފާނު ދެއްވާ ހާއްސަ އިސްކަމުގެ ސަބަބުންނެވެ.

މި ކާމިޔާބީއާ ގުޅިގެން ޑަބްލިއުއެޗްއޯގެ ރާއްޖޭގެ ގޮފިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިއީ ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަން އިތުރުކުރުމަށް ރާއްޖެއިން ދޭ އަހަންމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ޔުނިވާސަލް ހެލްތް ކަވަރޭޖް ކުރިއެރުވުމަށް ކުރާ މަސައްކަތުގައި އެ ޖަމްއިއްޔާގެ އެހީތެރިކަމާއި އެއްބާރުލުން އަބަދުވެސް ލިބޭނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

300 × 250

ޓައިމް މެގަޒިންއިން ރައީސް މުއިއްޒު މި ލިސްޓުގައި ހިމެނުމުގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އެމަނިކުފާނުގެ ސަރުކާރުން އެޅި ވަރުގަދަ ފިޔަވަޅުތަކެވެ. މީގެ ތެރޭގައި "ޖެނެރޭޝަން ބޭން" ތަންފީޒުކުރުމާއި، 2024 ވަނަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި އޭގެ ވިޔަފާރިކުރުން މަނާކުރުން ހިމެނެއެވެ.

މީގެ އިތުރުން، 2026 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ ރަށެއްގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކްތައް ގާއިމްކުރުމާއި، 24 ގަޑިއިރު ހިދުމަތްދޭ ނަފްސާނީ އެހީގެ ހެލްޕްލައިނެއް ގާއިމްކޮށްފައިވާކަން ވެސް އެ ނޫހުން ފާހަގަކޮށްފައިވެއެވެ. އަދި މާބަނޑު އަންހެނުންގެ ފަރާތުން ދަރިންނަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ފެތުރުން އެއްފަހަރާ ނައްތާލި ފުރަތަމަ ގައުމުގެ ޝަރަފު ރާއްޖެއަށް ލިބިފައިވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

ދުންފަތާ ދެކޮޅަށް ރާއްޖެއިން އެޅި މި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު، ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިންނާއި ސިއްހީ ދާއިރާގެ މާހިރުން ދަނީ ރާއްޖޭގެ މި ނިންމުންތަކަށް ތައުރީފު ކުރަމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި