1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އީމާންވެ ތިބެ، ދަރުމައަށް އެދޭ ހާލު ރަމަޟާން މަހަށް މަރުޙަބާ ކިޔާށެވެ! ޚުތުބާ

ramadan-quran
އީމާންވެ ތިބެ، ދަރުމައަށް އެދޭ ހާލު ރަމަޟާން މަހަށް މަރުޙަބާ ކިޔާށެވެ! ޚުތުބާ
މަރްޔަމް ޝަފާ ސައީދު
249ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އީމާންވެ ތިބެ، ދަރުމައަށް އެދޭ ހާލު ރަމަޟާން މަހަށް މަރުޙަބާ ކިޔުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވައިލައްވައިފިއެވެ. މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއު އަކީ ”ރުއްސެވުމާއި ފުއްސެވުމުގެ މަހަށް މަރުހަބާ“ އެވެ.

މިއަދުގެ ޚުތުބާގައި ފާހަގަކުރެއްވި ގޮތުގައި، ސާލިހު ސަލަފުން އެ މަހަށް އިސްތިޤްބާލު ކުރެއްވީ އެ މަހުގެ ބަރަކާތާއި ދަރުމައިގެ ބޮޑުކަމުންނެވެ. އަދި ރޯދައަށް ފުރިހަމައަށް އިސްތިގުބާލު ކުރެވޭނީ ރޯދައާއި ބެހޭ އާއްމު ޙުކުމްތައް އެނގިގެން ކަމަށްވެސް ޚުތުބާގައި ބަޔާންކުރެއްވިއެވެ.

ރޯދަވެރިޔާގެ އަޚުލާގާއި ސަވާބު
ރޯދަވެރިޔާ އޭނާގެ ދުލާއި އެހެނިހެން ގުނަވަންތައް މުންކަރާތްތަކުން ރައްކާތެރި ކުރަންޖެހޭނެކަން ފާހަގަކުރައްވައި ޚުތުބާގައި ވިދާޅުވީ، ދޮގު ހެދުމާއި އުރެދުމުގެ އަމަލުތަކަށް އަރައިގަންނަ މީހާ ނުކައި ނުބޮއެ ހުއްޓަސް، އެތައް ސަވާބަކުން މަހުރޫމް ވެގެންދާނެ ކަމަށެވެ. މިކަމާ ގުޅޭގޮތުން މާތް ނަބިއްޔާ (ސ.އ.ވ)ގެ ހަދީޘް ބަސްފުޅެއް ހިއްސާ ކުރައްވަމުން ޚުތުބާގައި ވިދާޅުވީ، "ރޯދައަށް ހުރުމުން ހައިހޫނުކަން ފިޔަވައި، އެހެން ކަމެއް ނުލިބޭ ކިތައް ކިތައް ރޯދަވެރިން ވޭ ހެއްޔެވެ؟"

300 × 250

ރޯދަ މަހަކީ އިހްލާސްތެރިކަމާއި އަމާނާތްތެރިކަން ދަސްކޮށްދޭ މަހެއްކަން ފާހަގަކުރައްވައި، އެއީ އަޅާއާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދު އޮތް ބޮޑު ސިއްރެއް ކަމަށް ޚުތުބާގައި ވިދާޅުވިއެވެ. އެއްވެސް ދެއްކުންތެރިކަމެއް ނެތި، އިހްލާސްތެރިވެ ހުރެ ހިފާ ރޯދައަކީ ތަގުވާވެރިކަމާއި އިހުސާންތެރިކަން އެކުލެވިގެންވާ އަޅުކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

މުޖުތަމައުގެ އިހުތިރާމާއި ޝަރުއީ ހުކުމްތައް
ރަމަޟާން މަހުގެ މަތިވެރިކަން މުސްލިމު މުޖުތަމަޢުތަކުގައި ދަމަހައްޓަން ޖެހޭނެ ކަމަށާއި، ވަކީން ޚާއްޞަކޮށް މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރިންނަށް ޚިދުމަތްދޭ ފަރާތްތަކުން މިކަމަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭނެ ކަމަށް ޚުޠުބާގައި ބުންޏެވެ. ހާމަކަން ބޮޑު ގޮތުގައި ރޯދަމަހުގެ ދުވާލު، އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތްދިނުމަކީ ހުއްދަވާނޭ ކަމެއް ނޫން ކަމަށްވެސް ޚުތުބާގައި ހަނދުމަކޮށްދެއްވިއެވެ.

ޝަރުއީ އެއްވެސް އުޒުރެއް ނެތި ރޯދައެއް ދޫކޮށްލުމަކީ ވަރަށް ބޮޑު ފާފައެއް ކަމަށާއި، އެފަދަ މީހަކަށް އޮތީ ތައުބާ ވުމާއެކު އެ ރޯދަ ގަޟާ ކުރުން ކަމަށް ޚުތުބާގައި ވިދާޅުވިއެވެ. އަދި ރޯދަ މަހުގެ ދުވާލު އަނބިމީހާއާއި އެކުގައި އެއްދާން ކޮށްފިނަމަ، އޭގެ ކައްފާރާއެއްގެ ގޮތުން ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފަން ޖެހޭނެކަން ޚުތުބާގައި ވަނީ ހަނދުމަކޮށްދެއްވައިފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި