1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސްޕޯޓްސް އެވޯޑުގެ ދެ ހަފުލާ މި އަހަރު ބާއްވާނެ: ފުރަތަމަ ހަފުލާ މާދަމާރޭ

373549_26403cb0-2_
މަރްޔަމް ޝަފާ ސައީދު
189ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފުލާ، އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިއްޖެ އެވެ. މިދިޔަ އަހަރު މި އެވޯޑް ހަފުލާ ބާއްވާފައި ނުވާއިރު، މިއަހަރުގެ ތެރޭގައި އެވޯޑްގެ ދެ ހަފުލާ ބޭއްވުމަށް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވީ، މާދަމާ ރޭ ބާއްވާ ހަފުލާގެ އިތުރުން 2025 ވަނަ އަހަރުގެ އެވޯޑް ހަފުލާ ވެސް މި އަހަރުގެ ފަހުކޮޅު ބާއްވާނެ ކަމަށެވެ. "ވިސްނުމަކީ އަހަރުގެ ފަހުކޮޅު 2025 ގެ ހަފުލާ ބާއްވުން،" ވަޒީރު ވިދާޅުވި އެވެ. މިއީ އެވޯޑް ދިނުމުގެ އާންމު އުސޫލަށް އަލުން ފެއްތުމަށްޓަކައި ނިންމި ނިންމުމެކެވެ.

މާދަމާ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025" އަކީ 2024 ވަނަ އަހަރުގެ ކާމިޔާބީތައް ފާހަގަކުރުމަށް ބާއްވާ ހަފުލާއެކެވެ. މި ހަފުލާގެ ދައުވަތު މިހާރު ވަނީ ކުޅިވަރު ދާއިރާގެ ހިންގުންތެރިންނާއި، އެތުލީޓުން އަދި މީޑިއާތަކަށް ފޮނުވާފަ އެވެ. މި ހަފުލާ ޕީއެސްއެމް މެދުވެރިކޮށް ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ. މި އެވޯޑުގެ ނޮމިނޭޝަންތަކާ ގުޅޭގޮތުން އާންމުންގެ ފާޑުކިޔުންތަކެއް އަމާޒުވެފައިވީ ނަމަވެސް، މިނިސްޓްރީން ބުނީ ނޮމިނޭޝަންތައް ކަނޑައެޅުމުގައި އެ ވުޒާރާގެ ދައުރެއް ނޯންނާނެ ކަމަށެވެ. އެތުލީޓުންނާއި، ކޯޗުން، އޮފިޝަލުން އަދި ނޫސްވެރިންގެ ނޮމިނޭޝަންތަކަކީ ކަމާގުޅޭ ކުޅިވަރު އެސޯސިއޭޝަންތަކުން ނިންމާ ކަންކަމެވެ.

300 × 250

ސްޕޯޓްސް އެވޯޑް އެންމެ ފަހުން ބޭއްވީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގަ އެވެ. އެއީ 2023 ވަނަ އަހަރުގެ ކާމިޔާބީތައް ފާހަގަކުރުމަށް ބޭއްވި ހަފުލާ އެވެ. އެ އަހަރު ރާއްޖޭގެ އެންމެ މޮޅު އެތުލީޓުންގެ މަގާމު ހޯދީ ޓީޓީގެ ދެ ތަރިން ކަމަށްވާ ފާތިމަތު ދީމާ އަލީ އާއި މުހައްމަދު ޝައްފާން އިސްމާއީލެވެ



300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި