ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 36.43 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ހާމަކޮށްފިއެވެ. ކަސްޓަމުން ހާމަކުރި ގޮތުގައި މި ތަކެތި އަތުލައިގަތީ ކަނޑުމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓެއް، މިދިޔަ ބުރާސްފަތި ދުވަހު ބަލައި ފާސްކުރުމުގެ ތެރޭގައެވެ. އެ ޝިޕްމެންޓް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނުމާ ގުޅިގެން، ފުރަތަމަ މަރުހަލާގައި ކުރި ޓެސްޓުތަކުން އެ ތަކެތި ވަނީ ހަޝިޝް އޮއިލް އަށް ފައްސިވެފައެވެ. މި ޝިޕްމެންޓުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 36.43 ކިލޯ ހުރި ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ. އަދި މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 29 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ބަލައި ތަހުގީގު ކުރަމުންނެވެ.
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 36 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.