1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހަ ރަށް ފިޔަވައި ހުރިހާ ރަށެއްގައި ރޯދަ ހަދިޔާ ބަހައި ނިންމާލައިފި

adq
ހަ ރަށް ފިޔަވައި ހުރިހާ ރަށެއްގައި ރޯދަ ހަދިޔާ ބަހައި ނިންމާލައިފި
މަރްޔަމް ޝަފާ ސައީދު
153ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ދިނުމަށް ނިންމި ރޯދަ ހަދިޔާ، އަތޮޅުތެރޭގެ ހަ ރަށެއް ފިޔަވައި ހުރިހާ ރަށެއްގައި ބަހައި ނިންމާލައިފިއެވެ.

މިކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހާމަކުރައްވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ގިނަ ރަށްތަކަށް މިހާރު މަސްދަޅު ކޭސް ބަހައި ނިމިފައިވާ ކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން ރަށްރަށުގައި ދިރިއުޅޭ މީހުންގެ ގޭބިސީ ލިސްޓެއް އަދާހަމަކޮށް ބެލެހެއްޓުމުގެ މުހިންމުކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"އެންމެ 6 ރަށް ފިޔަވައި ހުރިހާ ރަށެއްގައި މިހާރު ވަނީ ރޯދަ ހަދިޔާ ބަހާ ނިމިފައި. ރަށްރަށުގެ ރޯދަ ހަދިޔާ ބެހުމަށް ކުރެވުނު މަސައްކަތުން ފާހަގަ ކުރެވުނީ ރަށްރަށުގައި ދިރިއުޅޭ މީހުންގެ ގޭބިސީ ލިސްޓެއް އަދާހަމަކޮށް ބެލެހެއްޓުމުގެ މުހިންމުކަން،" ވަޒީރު ވިދާޅުވިއެވެ.

300 × 250

މާލެ ސަރަހައްދުގައި މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ރޯދަ ހަދިޔާ ބަހަން ފަށާފައިވާއިރު، ރޭގެ ނިޔަލަށް މާލެ ސަރަހައްދުގައި އެކަނިވެސް 53,895 މަސްދަޅު ކޭސް ވަނީ ބަހާފައެވެ. މިހާރު މާލޭގައި މަސްދަޅު ކޭސް ދޫކުރަމުން ދަނީ ހަމައެކަނި މިފްކޯ މާފަންނު ފިހާރައިންނެވެ. އެގޮތުން މުލަ ރޯދަ ދުވަހާ ހަމައަށް ކޮންމެ ރޭގަނޑެއްގެ 8:30 އިން 11:00 އަށް މަސްދަޅު ކޭސް ދޫކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

މި އަހަރުގެ ރޯދަ ހަދިޔާ ބެހުމަށް ހަމަޖެހިފައިވަނީ ޖުމްލަ 118,773 ގޭބިސީއަކަށެވެ. މީގެ ތެރޭގައި މާލޭގެ 61,755 ގޭބިސީއަކާއި އަތޮޅުތެރޭގެ 56,918 ގޭބިސީ ހިމެނެއެވެ. އަތޮޅުތެރޭގެ ރަށްރަށުގައި މި ތަކެތި ބަހަމުންދަނީ އެ ރަށެއްގެ ކައުންސިލް އިދާރާތައް މެދުވެރިކޮށެވެ.

ސަރުކާރުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރު ރޯދަ ހަދިޔާ ބެހުމަށް އެކުލަވައިލި ލިސްޓުގައި ރަށްރަށާއި ސިޓީތަކުގެ ގޭބިސީގެ ޖުމުލަ އަދަދަކީ 56,918 އެވެ. އަދި ޑޮމެސްޓިކް މީޓަރުގެ އަދަދަކީ 61,755 އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި