ސިނަމާލެއާއި މާލެ ހިޔާ ފްލެޓްތައް މަރާމާތުކުރުމަށް އެސެސްމެންޓް ހެދުމަށް ނިންމާފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ސިނާމާލެއާއި މާލޭ ހިޔާގައި ދިރިއުޅޭ ފަރާތްތަކާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ، ވަނީ ބައްދަލުކުރައްވާ، އެ ފަރާތްތަކުގެ ޝަކުވާތައް އަޑުއައްސަވާފައެވެ.
ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިނަމާލެ އަދި މާލެ ހިޔާގައި ދިރިއުޅޭ ފަރާތްތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެ ޢިމާރާތްތަކުގެ މެއިންޓެނެންސާ ގުޅޭ ގިނަ މައްސަލަތަކެއް އެފަރާތްތަކުން ފާހަގަކޮށްފައިވާކަމަށެވެ.
އެ އިމާރާތްތަކަކީ މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިހުރި ތަންތަން ނަމަވެސް މިއީ އާންމު ރައްޔިތުންގެ ދިރިއުޅުމާއި ރައްކާތެރިކަމާ ގުޅިފައިވާ ކަމަކަށްވާތީ، އެތަންތަން މަރާމާތުކުރުމަށްޓަކައި އެ ވުޒާރާގެ ފަރާތުން އެ އިމާރާތްތަކުގެ އެސެސްމެންޓެއް ހެދުމަށް މިހާރު ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.