1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކައުންސިލާއެކު ގުޅިގެން އތމ ކޮމިޓީގެ މަސައްކަތްތައް ބައްޓަން ކުރުމާ ގުޅޭގޮތުން އަލައިކާ އެލްޖީއޭ އާ މަޝްވަރާކޮށްފި

lakk
ކައުންސިލާއެކު ގުޅިގެން އތމ ކޮމިޓީގެ މަސައްކަތްތައް ބައްޓަން ކުރުމާ ގުޅޭގޮތުން އަލައިކާ އެލްޖީއޭ އާ މަޝްވަރާކޮށްފި
ޝާމިން ސަޢީދު
177ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) ގެ ރައީސާ ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާން، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގެ އިސްވެރިންނާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ މިއަދު ހެނދުނު 10:30 ގައި އެލް.ޖީ.އޭގެ އިދާރާގައެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ކައުންސިލާއެކު ކޮލަބޮރޭޓިވް ނުވަތަ ގުޅިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތްތައް ބައްޓަންކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންނާއި، ލާމަރުކަޒީ ޤާނޫނަށް އައިސްފައިވާ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.

މި ބައްދަލުވުމުގައި ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ އ.ތ.މ ކޮމިޓީގެ އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވިއެވެ. އެލް.ޖީ.އޭގެ ފަރާތުން މި ބައްދަލުވުމުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ އެ އޮތޯރިޓީގެ ސީއީއޯ އަލްފާޟިލް މުޙައްމަދު ނިމާލް އާއި އިދާރާގެ އެހެނިހެން އިސްވެރިންނެވެ.

300 × 250

ބައްދަލުވުމުގެ ތެރެއިން އެލް.ޖީ.އޭ އިން ވަނީ ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އާ އިސްލާހުތަކާއެކު، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންޑޭޓަށް ނުވަތަ މަސްޢޫލިއްޔަތުތަކަށް އައިސްފައިވާ ބަދަލުތަކުގެ ތަފްޞީލީ މަޢުލޫމާތު ހިއްސާކޮށްފައެވެ.

އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާން އާއި ކެންޑިޑޭޓުން ފާހަގަކުރެއްވި ގޮތުގައި، ޤާނޫނަށް އައި ބަދަލުތަކާއެކު ކޮމިޓީގެ މަސައްކަތްތައް ވަރަށް ބޮޑަށް ފުޅާވެގެންދާނެއެވެ. އެހެންކަމުން، އެދެވޭ ނަތީޖާއެއް ޙާޞިލުކުރުމަށްޓަކައި އެކަށީގެންވާ ވަޞީލަތްތަކާއި ފަންނީ އެހީތެރިކަން ބޭނުންވާނެކަން އެ ފަރާތްތަކުން ފާހަގަކުރެއްވިއެވެ. މިގޮތުން އ.ތ.މ ކޮމިޓީގެ ބަޖެޓް އެކުލަވާލުމާއި، ބަޖެޓް ހޯދުމުގައި އެލް.ޖީ.އޭގެ އެހީތެރިކަން ލިބޭނެ ގޮތްތަކާ ގުޅޭގޮތުން ދެފަރާތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މީގެ އިތުރުން، ކައުންސިލްތަކާއި އ.ތ.މ ކޮމިޓީތަކާ ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށާއި، ޤާނޫނީ ބަދަލުތަކަށް އާންމުން ހޭލުންތެރިކުރުމަށް އެލް.ޖީ.އޭ އިން އަދާކުރެވިދާނެ ދައުރާ ބެހޭގޮތުންވެސް ވާހަކަދެކެވުނެވެ. އެލް.ޖީ.އޭ އިން ވިދާޅުވީ، ކައުންސިލްތަކާއި ކޮމިޓީތަކުގެ މަސްޢޫލިއްޔަތުތަކަށް އަންނަ ބަދަލުތަކަށް އާންމުން ހޭލުންތެރިކުރުވުމަށް އިލެކްޝަންސް ކޮމިޝަނާއެކު މަޝްވަރާކުރައްވާނެ ކަމަށާއި، އ.ތ.މ ކޮމިޓީތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން މެދުކެނޑުމެއްނެތި ފޯރުކޮށްދެއްވާނެ ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި