ހއ. ދިއްދޫ ފްޓްބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ފަޔާޒް އެވެ. އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދު އެވެ. މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ދިއްދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމާއި، ޕިޗު އެޅުމާއި، ބައުންޑަރީ ފާރު ރޭނުމުގެ އިތުރުން ފެންސް ޖެހުން ހިމެނެއެވެ. މީގެ އިތުރުން ދަނޑުގައި ލައިޓިން ސިސްޓަމް ހަރުކުރުމާއި ރޮސްޓްރަމް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށްދާނެއެވެ. ޖުމްލަ 28.50 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއަކީ 360 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ. ހއ. އަތޮޅުގެ ވެރިކަން ކުރާ ރަށް، ދިއްދޫއަކީ ގާތްގަނޑަކަށް 4,186 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. މި މަޝްރޫއު ނިމުމާއެކު، އެ ރަށުގެ ރައްޔިތުންނަށް ކުޅިވަރުގެ ދާއިރާއިންނާއި، އިޖުތިމާއީ އަދި ސިއްހީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބި، ޒުވާނުންނަށް ކުޅިވަރު ކުޅޭނެ ރަނގަޅު މާހައުލެއް ގާއިމުވެގެންދާނެ ކަމަށް ބެލެވެއެވެ.
ދިއްދޫ ފްޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީ އަށް

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.