1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޑިޖިޓަލް ޕޭރެންޓންގ އާއި ސައިބަރ ސޭފްޓީ ސެޝަނެއް ރެހެންދި ސުކޫލު މުދައްރިސުންނަށް ހިންގައިފި

8s2
ޑިޖިޓަލް ޕޭރެންޓންގ އާއި ސައިބަރ ސޭފްޓީ ސެޝަނެއް ރެހެންދި ސުކޫލު މުދައްރިސުންނަށް ހިންގައިފި
ޝަފްޢަތު ، ހުވަދޫ މީޑީއާ
179ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޑިޖިޓަލް ޕޭރެންޓންގއާއި ސައިބަރ ސޭފްޓީ ސެޝަނެއް ރެހެންދި ސުކޫލު މުދައްރިސުންނަށް ކުރިއަށް ގެންގޮސްފިއެވެ.

މި ސެޝަނަކީ މުޖުތަމައުގައި ހިނގާ ކުށްތަކުން ރައްކާތެރިކުރުމަށް ސުކޫލުތަކުގެ މުދައްރިސުންނާއި ބެލެނިވެރިން ހޭލުންތެރިކުރުވުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.

މި މަހުގެ 3 ވަނަ ދުވަހު އެ ސުކޫލުގައި ކުރިއަށްގެންދިޔަ މި ސެޝަނަކީ ސައިބަރ ކްރައިމް ސެންޓަރާއި ހުޅުމާލެ ފޭސް 1 ގެ ނެއިބަހުޑް ސަޕޯޓް ޔުނިޓު ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.

300 × 250

މި ސެޝަނުގައި، އިންޓަނެޓް ބޭނުންކުރާއިރު ސަމާލުކަންދޭންޖެހޭ ކަންކަމާއި އެކި އެޕްލިކޭޝަންތައް ރަނގަޅު ގޮތުގައި ބޭނުންކުރާނެ ގޮތާއި އެޕްލިކޭޝަންތައް އަޕްޑޭޓްކުރުމަށާއި އިންޓަނެޓް މެދުވެރިކޮށް ހިންގާ ނޭދެވޭ ކަންކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން ކިޔައިދީފައިވެއެވެ.

އަދި ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި ކާކުކަން ނޭނގޭ މީހުންނަށް ތިމާގެ ޒާތީ މައުލޫމާތު ހިއްސާނުކުރުމަށާއި އޮންލައިން ވިޔަފާރިކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން ވެސް ކިޔަދީފައިވެއެވެ.

އަދި ދަރިވަރުން ސުކޫލުގައި ހޭދަކުރާ ވަގުތުތަކުގައި ދަރިވަރުންގެ ހަރަކާތްތައް ރަނގަޅަށް މޮނީޓަރކުރުމަށާއި ގަނާކުރުމުގެ ޝިކާރައަށްވެ ނުވަތަ ނަފުސާނީގޮތުން ބަލި ދަރިވަރުން ދެނެގަނެ އެފަދަ ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ގޮތްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ހަމައެހެންމެ މުދައްރިސުންނަކީ ވެސް ބެލެނިވެރިއެއްގެ ދައުރުއަދާކުރާ ބަޔަކަށް ވުމާއެކު، ދަރިން އިންޓަނެޓު ބޭނުންކުރާއިރު ބެލެނިވެރިންގެ ހައިސިއްޔަތުން ސަމާލުކަންދޭންޖެހޭ ކަންކަން ކިޔައިދީފައިވެއެވެ. އަދި އިންޓަނެޓު މެދުވެރިކޮށް ދަރިންނަށް ކުރިމަތިވެދާނެ ނޭދެވޭ ކަންކަމާއި އެފަދަ ކަންކަމުން ރައްކާތެރިކުރުމަށާއި ދަރިން ގެންގުޅޭ ޑިވައިސްތަކާއި ބޭނުންކުރާ އެޕްތައް ބެލެނިވެރިން ކޮންޓްރޯލުކުރާނެ ގޮތުގެ އިތުރުން ސްކްރީން ޓައިމް ލިމިޓްކުރާނެ ގޮތުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.

މީގެ އިތުރުން، ސުކޫލުގައި ދަރިވަރުންގެ ފަރާތުން ފެންނަ ނޭދެވޭ ކަންކަމާ ގުޅޭގޮތުން ހިޔާލު ބަދަލުކޮށް އަދި އެފަދަ ކަންކަން ހައްލުކުރުމަށް މުދައްރިސުންނަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. މި ސެޝަނުގައި ރެހެންދި ސުކޫލުގެ 240 މުދައްރިސުން ބައިވެރިވިއެވެ.

މުޖުތަމައުގައި ހުރި މިފަދަ މައްސަލަތަކުގެ ހާލަތު ދަނެގަނެ، ރައްކާތެރިގޮތުގައި އިންޓަނެޓު ބޭނުންކުރުމަށް އަހުލުވެރިކުރުވައި، ސުކޫލާއި ގޭތެރޭގައި ދުޅަހެޔޮ ޑިޖިޓަލް މާހައުލެއް ގާއިމުކުރުމަށް މައުލޫމާތު ދިނުމުގެ މިފަދަ އެކި ޕްރޮގްރާމްތައް ފުލުހުން ދަނީ ހިންގަމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި