އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މިއަދު ހަވީރު މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާއަކީ ކާކުކަން ދެނެގަތުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 16:41 ހާއިރުއެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވާ ގޮތުގައި، އެ ސަރަހައްދުން ފެނުނު މީހާގެ ހަށިގަނޑު މިހާރު ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް، މިހާތަނަށް ކުރި މަސައްކަތުން އެއީ ކާކުކަން ދެނެގަނެވިފައެއް ނުވެއެވެ. ފުލުހުން މިރޭ ބުނީ މަރުވެފައިވާ މީހާއަކީ ބޭރު ޤައުމަކަށް ނިސްބަތްވާ ދޮން ނަސްލުގެ ފިރިހެނެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ މީހަކު ގެއްލިގެން އުޅޭކަމުގެ ރިޕޯޓެއް (މިސިންގ ޕަރސަންސް ރިޕޯޓެއް) ވެސް މިހާތަނަށް ލިބިފައި ނުވާކަމަށް ފުލުހުން ފާހަގަކުރެއެވެ. އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ، ނުވަތަ އެ ސަރަހައްދުގައި އުޅޭ ބިދޭސީއެއްގެ ޚަބަރެއް ނުވެގެން އުޅޭ ނަމަ، ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. މިގޮތުން ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791612 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.
ހިތަދޫގެ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮއްވާ ފެނުނު ބިދޭސީމީހާއަކީ ކާކުކަން ދެނެގަތުމަށް އާންމުންގެ އެހީއަށް އެދިއްޖެ

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.