މާލޭގެ ގަލޮޅު މޯޗަރީ ކައިރީގައި ހުރި ގުދަނެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައި، އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވެ އަލިފާމްހނޑި ކޮންޔލަަ

އެމްއެންޑީއެފް އިން މައުލޫމާތު ދެއްވި ގޮތުގައި، އަލިފާން ރޯވެފައިވަނީ ގަލޮޅު މޯޗަރީ ކައިރީގައި ހުންނަ ގުދަނެއްގައެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާއެކު ސިފައިން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ގުދަނުގައި ރޯވުމުގެ ސަބަބުން އެ ސަރަހައްދުން ވަރަށް ބޮޑަށް ދުން އަރަމުންދެއެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ސިފައިން ދަނީ މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެމްއެންޑީއެފް އިން އަދި ހާމައެއް ނުކުރެއެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއްވެސް އަދި ލިބިފައެއް ނުވެއެވެ