1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރައްވާ ޚަޠީބުން؛ ތަޖުރިބާކާރު ދެ ޚަތީބުންނާއި ޒުވާން 2 ޚަޠީބުން!

60
ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރައްވާ ޚަޠީބުން؛ ތަޖުރިބާކާރު ދެ ޚަތީބުންނާއި ޒުވާން 2 ޚަޠީބުން
ޝަފްޢަތު ، ހުވަދޫ މީޑީއާ
173ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާލެ ސިޓީގެ ހަތަރު ސަރަޙައްދެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ފިޠުރު ޢީދު ނަމާދުގެ ބޮޑު ޖަމާޢަތްތަކުގައި އިމާމުވެ ނަމާދުކޮށް ޚުޠުބާ ކިޔާނެ ޚަތީބުންގެ މަޢުލޫމާތު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިއަހަރުގެ ބޮޑު ޖަމާޢަތުގެ ޚަތީބުންގެ ތެރޭގައި އަލަށް ތަޢާރަފުވި ޒުވާން ޚަތީބުންނާއި ތަޖުރިބާކާރު ޢިލްމުވެރިން ހިމެނެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މާފަންނު ސްޓޭޑިއަމްގައި ބާއްވާ ބޮޑު ޖަމާޢަތުގައި އިމާމުވެ ނަމާދު ކުރައްވާނީ ޒުވާން ޚަތީބު އަލްޙާފިޘް އަބްދުﷲ ބިން އިމްޖާދު އެވެ. އަދި ވިލިމާލެ ބޯޅަދަނޑުގައި ބާއްވާ ޖަމާޢަތުގެ ޚަތީބަކީ ވެސް ޒުވާން ޚަތީބެއް ކަމުގައިވާ އަފްލާޙް އިސްމާއީލް ރަޝީދު އެވެ.

ހުޅުމާލޭގެ ދެ ސަރަޙައްދެއްގައި ބޮޑު ޖަމާޢަތް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހުޅުމާލެ ފޭސް އެކެއްގެ ސިންތަޓިކް ޓްރެކްގައި އޮންނަ ޖަމާޢަތުގެ ޚަތީބަކީ އައްޝައިޚް އަހްމަދު މައުމޫނެވެ. ފޭސް ދޭއްގައި މަސްޖިދު ޙަސަން އާދަމްއާ އިންވެގެން އޮންނަ ހުސްބިމުގައި ބާއްވާ ޖަމާޢަތުގެ ޚަތީބަކީ އައްޝައިޚް އަބްދުﷲ ސަޢުދާނެވެ.

300 × 250

ބޮޑު ޖަމާޢަތުގެ އިތުރުން، މާލޭގެ 17 މިސްކިތެއްގައި ޢީދު ނަމާދު ކުރުން ކުރިއަށްދާނެއެވެ. މީގެ ތެރޭގައި އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތް ހިމެނެއެވެ. ވިލިމާލޭގައި މަސްޖިދުއްސަލާމްގައި ޢީދު ނަމާދު ކުރާއިރު، ހުޅުމާލެ ފޭސް އެކެއްގެ ފަސް މިސްކިތެއްގައާއި ފޭސް ދޭއްގެ ދެ މިސްކިތެއްގައި ވެސް ޢީދު ނަމާދު ކުރުން އޮންނާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މިހާރު ހަމަޖެހިފައިވާ އުޞޫލުން ޢީދު ނަމާދު ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ގައެވެ. މިއީ އިރުއެރުމަށްފަހު ވީހާވެސް އަވަހަކަށް ނަމާދު ކުރުމަށް ނިންމާފައިވާ ވަގުތެކެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ ކުރިއަށް އޮތް ހުކުރު ދުވަހެވެ. ނަމަވެސް، ޝައްވާލު މަހުގެ ހަނދާ ބެހޭ ގޮތުން ގޮތެއް ނިންމުމަށް ބާއްވާ ހަނދުބެލުމުގެ ރަސްމިއްޔާތު މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި