ފިޠުރު ޢީދުގެ މުނާސަބަތުގައި މާލޭ ސަރަޙައްދުގައި އިއްޔެ ބޭއްވި ”ޢީދު ހަވީރު” ހަރަކާތަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބިއްޖެއެވެ. އެމްއެންޑީއެފްގެ އިސްނެގުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މުޢައްސަސާތައް ހިމެނޭގޮތަށް 12 ފަރާތެއްގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ މި ހަރަކާތް ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާނެއެވެ. މިއަހަރުގެ ޢީދު ހަވީރު މާލެއާއި ވިލިމާލޭގެ އިތުރުން ހުޅުމާލޭގެ ދެ ފިޔަވަހީގައިވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތް އިންތިޒާމްކޮށްފައިވަނީ އެކި އުމުރުފުރާގެ ކުދިންނާއި މީހުންވެސް ޝަޢުގުވެރިވާނެހެން ތަފާތު ކުޅިވަރުތައް ހިމެނޭ ގޮތަށެވެ. އެގޮތުން ބައިވެރިވި ކުންފުނިތަކުން ތައްޔާރުކޮށްފައިވާ ސްޓޯލްތަކުގައި ކުޑަކުދިން ގަޔާވާނެ އެކި ކަހަލަ ކުޅިވަރުތަކާއި، ރާއްޖޭގެ އިހުގެ ސަޤާފަތާއި ކުޅިވަރުތައް ދައްކާލުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. ސަލާމަތީ ބާރުތަކުންވެސް މި ހަވީރުގައި ޚާއްސަ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތާއި އެމްއެންޑީއެފުން ވަނީ އެ ފަރާތްތަކުގެ ޔުނީފޯމްތަކާއި، އޮޕަރޭޝަންތަކުގައި ބޭނުންކުރާ ހަތިޔާރާއި، އެއްގަމާއި ކަނޑުގެ އުޅަނދުތައް އާންމުންނަށް ދައްކާލާފައެވެ. މީގެ އިތުރުން، މި ތަކެއްޗާއެކު ފޮޓޯ ނަގާލައި ތަޖުރިބާ ކޮށްލުމުގެ ފުރުސަތު އާއިލާތަކަށް ވަނީ ފަހިކޮށްދީފައެވެ. 
މާލޭ ސަރަޙައްދުގައި އިއްޔެ ބޭއްވި 'ޢީދު ހަވީރު' ހަރަކާތަށް އާންމުންގެ ބޮޑު ތަރުޙީބެއް

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.