ދިވެހި ފުލުހުންގެ ހިދުމަތުގައި ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް (ރިޓަޔާޑް) އަބްދުއްޝަކޫރު އަބްދުﷲ މިއަދު އަވަހާރަވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަކޫރު އަވަހާރަވީ މިއަދުގެ ވަގުތެއްގައި އިންޑިއާގައެވެ. އޭނާ އަވަހާރަވިއިރު ގެންދެވީ ބަލިކޮށް އުޅުއްވާތީ އިންޑިއާގައި ފަރުވާ ހޯއްދަވަމުންނެވެ. ޝަކޫރު އަވަހާރަވުމާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ. ފުލުހުންގެ ހިދުމަތުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޝަކޫރަކީ އެ މުއައްސަސާގައި 43 އަހަރަށްވުރެ ގިނަ ދުވަހު އިހުލާސްތެރި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.

"މި ހިދުމަތަށް 43 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ރިޓަޔާޑް ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުއްޝަކޫރު އަބްދުﷲ އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، އާއިލާއަށް ތައުޒިޔާ ދަންނަވަން،" ފުލުހުން

އަބްދުއްޝަކޫރު އަބްދުﷲ އަކީ ފުލުހުންގެ މުއައްސަސާގެ އެކި ފަންތީގެ މަގާމުތައް ފުރުއްވައި، އެ މުއައްސަސާގެ ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.