1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ތެޔޮ އެތެރެކުރުމަށް މިދިޔަ އަހަރު 10 ބިލިއަން ރުފިޔާ ހަރަދުވި، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރަނީ

wqq
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތާރިގު އިބްރާހީމް
ޝަފްޢަތު ، ހުވަދޫ މީޑީއާ
158ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް 2024 ވަނަ އަހަރު 10 ބިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށާއި، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ނިމިދިޔަ އަހަރު ތެޔޮ އެތެރެކުރުމަށް ހަރަދުކުރި 10 ބިލިއަން ރުފިޔާއަކީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ) 10 އިންސައްތަ ކަމަށެވެ. މިއީ ބޭރު ފައިސާއިން ކުރަންޖެހޭ ބޮޑު ހަރަދަކަށް ވުމުން، މިކަން ބަދަލުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ހަކަތައިގެ ހާލަތަށް ބަލާއިރު، މީހުން ދިރިއުޅޭ ރަށްރަށުގައި 310 މެގަވޯޓުގެ އިންޖީނު ބޭނުންކުރަމުންދާއިރު، ރިސޯޓުތަކުގައި 298 މެގަވޯޓު އަދި ސިނާއީ ރަށްރަށުގައި 30 މެގަވޯޓުގެ އިންޖީނު ބޭނުންކުރެއެވެ. ވަޒީރު ހާމަކުރެއްވި ގޮތުގައި މީހުން ދިރިއުޅޭ ރަށްރަށަށް ކަރަންޓު ދިނުމަށް ދުވާލަކު 7,965 ފީފާ ޑީސަލް ބޭނުންވެއެވެ. މިއީ އަހަރެއްގެ މައްޗަށް ބަލާނަމަ 2,907,225 ފީފާ ޑީސަލެވެ.

300 × 250

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނަވި ހަކަތައަށް ހެދުމެވެ. މިކަމާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ "ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި ހަކަތައިގެ ސިޔާސަތުގެ އިސްތިރާޖިއްޔާތައް ކަނޑައަޅައި އަޅުގަނޑުމެން މިވަނީ އާއްމުކޮށްފައި. އޭގެ އިތުރަށް ހަކަތައިގެ މަގުޗާޓު ވަނީ އިއުލާނުކުރެވިފައި،" ކަމަށެވެ.

ހަކަތައިގެ ދާއިރާ ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 115 މެގަވޯޓުގެ ކެޕޭސިޓީގެ 157 ޖަނަރޭޓަރު ރަށްތަކަށް ފޮނުވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ރަށްރަށުގެ ކަރަންޓު ވިއުގަ ތަރައްގީކުރުމާއި، ބެޓަރީ ސްޓޮރޭޖް އިތުރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.

ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި، އިތުރުވަމުންދާ ޑިމާންޑަށް ރިއާޔަތްކޮށް ހަ ރަށެއްގައި އަލަށް އިންޖީނުގެ އެޅުމުގެ މަސައްކަތް ނިމިފައިވާކަންވެސް ވަޒީރު ތާރިގު އިބްރާހީމް ވަނީ ފާހަގަކުރައްވާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި