qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111aޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށް ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުނާންގެ ހުޅުމާލެ ކެމްޕޭން އޮފީސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިރޭ ހުޅުވައިދެއްވައިފިއެވެ. މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އަލައިކާގެ ކެމްޕޭން ޖަގަހަ ހުޅުވައިދެއްވުމަށްފަހު، އެތަނުގައި ވަނީ ޚާއްސަ ޖަލްސާއެއް ބާއްވާފައެވެ. މި ޖަލްސާގައި އަލައިކާގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަންގައި ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވިއެވެ. ކެންޑިޑޭޓުން ވަނީ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން ދެއްވާތީ ފަސްޓްލޭޑީއަށް ޝުކުރު އަދާކުރައްވާފައެވެ. ކޮންގްރެސް ޕާޓީގެ ކެމްޕޭން ހަރަކާތްތަކުގައި ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ގެންދަވަނީ ވަރަށް މުހިންމު ދައުރެއް އަދާކުރައްވަމުންނެވެ. އެގޮތުން ކެންޑިޑޭޓުންގެ ކެމްޕޭން ޖަގަހަތަކާއި އޮފީސްތައް ހުޅުއްވައިދެއްވުމުގެ އިތުރުން، އެކި ސިޓީތަކަށް ދަތުރުފުޅު ކުރައްވައި ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމަށް އެކަމަނާ ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ކުރިއަށް އޮތް އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ ވެރިކަންކުރާ ކޮންގްރެސް ޕާޓީންނެވެ. އެ ޕާޓީން މިހާރު ދަނީ މުޅި ރާއްޖޭގައި، ޚާއްސަކޮށް މާލެ ސަރަޙައްދުގައި ވަރަށް ފުޅާ ދާއިރާއެއްގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.
އަލައިކާގެ ހުޅުމާލެ ކެމްޕޭން އޮފީސް މެޑަމް ސާޖިދާ ހުޅުވައިދެއްވައިފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.