1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި މެޑިކަލް އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު ހުޅުވާލައިފި

asas
މަރްޔަމް ޝަފާ ސައީދު
184ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި މެޑިކަލް އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު އެ ހޮސްޕިޓަލުން މިއަދު ހުޅުވާލައިފިއެވެ. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަކީ މާލެ ފިޔަވައި ރާއްޖޭގެ ރަށެއްގައި މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމް ފެށި ފުރަތަމަ ހޮސްޕިޓަލެވެ.

އެ ހޮސްޕިޓަލުން މަޢުލޫމާތު ދެއްވާ ގޮތުގައި މި ފަހަރުގެ އިންޓަރންޝިޕް ޕްރޮގްރާމަށް ހުޅުވާލާފައިވަނީ ޖުމްލަ 15 ފުރުޞަތެވެ. މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ މެޑިކަލް ގްރެޖުއޭޓުންނަށް 1 އެޕްރީލް 2026 އިން ފެށިގެން 25 މޭ 2026 ވާ ދުވަހުގެ މެންދުރުފަހު 13:00 އާ ހަމައަށް އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

އިންޓަރންޝިޕަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި، މެޑިކަލް ކޮލެޖަކުން ނުވަތަ ޔުނިވަރސިޓީއަކުން އެމް.ބީ.ބީ.އެސް ފުރިހަމަކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ސައްޙަ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" އޮންނަންވާނެއެވެ. މީގެ އިތުރުން، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް އޮވެގެން ނުވާނެއެވެ.

300 × 250

ހޮސްޕިޓަލުން ބުނި ގޮތުގައި، ޝަރުޠު ފުރިހަމަވާ 15 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ، ބައިވެރިން ހޮވުމުގައި އިސްކަންދޭނީ އެމް.ބީ.ބީ.އެސް ފުރިހަމަކުރި ތާރީޚަށް ބަލައި، ކޯސް ނިންމި ފަހުން ގިނަ ދުވަސްވެފައިވާ ފަރާތްތަކަށެވެ. އަދި އީމެއިލް މެދުވެރިކޮށް ފޯމު ފޮނުވާ ތަރުތީބަށްވެސް އިސްކަންދެވޭނެއެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އެކްރެޑިޓްކޮށްފައިވާ އެމް.ބީ.ބީ.އެސް ސެޓްފިކެޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީއަކާއި، މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ރެޖިސްޓްރޭޝަންގެ އެޓެސްޓްކޮށްފައިވާ ކޮޕީއެއް ހިމަނަންޖެހެއެވެ. މި ޕްރޮގްރާމާ ގުޅޭ އިތުރު ތަފްސީލްތައް ސަރުކާރުގެ ގެޒެޓުގައި މިހާރު ވަނީ ޝާއިޢުކޮށްފައެވެ.

އީމެއިލް މެދުވެރިކޮށްވެސް ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާއިރު، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް ފޯމުތައް ބަލައިގަންނާނެ ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. އައްޑޫގައި މިހާރުވެސް މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި