އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި، ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މަގާމުން ވަކިކުރައްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ މި ދެ ބޭފުޅުން މަގާމުން ވަކި ކުރައްވާފައިވާކަން ހުވަދޫ މީޑީއާއަށް ކަށަވަރު ކޮށްދެއްވާފަ އެވެ. މި ދެ ބޭފުޅުން މަގާމުން ވަކިކުރެއްވި ސަބަބާ ގުޅޭގޮތުން ސަރުކާރުން މިހާތަނަށް އެއްވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. މުހައްމަދު ހުސައިން ޝަރީފަކީ މީގެ ކުރިން ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ޑރ. ސަލްމާ ރަޝީދަކީ ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ.
ޔޫއޭއީގެ ސަފީރު މުންދުގެ އިތުރުން ޖެނީވާގެ މަންދޫބު ޑރ ސަލްމާ މަގާމުން ވަކިކޮށްފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.